ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާ އަހަރު ފާހަގަކުރަން ”މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް“ އާއި އެކު ކުލަގަދަ ހަރަކާތްތަކެއް!

އައު އަހަރު ފާހަގަކުރުމަށް މީގެ ކުރިން ބޭއްވި ޝޯވއެއްގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

މީލާދީ އައު އަހަރުގެ ފެށުމާ ދިމާކޮށް ”މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް“ ގެ ނަމުގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ ހާއްސަ ހަރަކާތެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އިއުލާނުކޮށްފި އެވެ.

ޑިސެމްބަރު 31، އަދި ޖެނުއަރީ 1 ވަނަ ދުވަހު މި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. މިއީ ދިވެހިންނާއި ފަތުރުވެރިންނަށް ވެސް ތަފާތު ތަޖުރިބާއެއް ލިބިގެންދާނެ ފެސްޓިވަލެކެވެ.

އެމްއެމްޕީއާރުސީން ބުނި ގޮތުގައި އެ ކޯޕަރޭޝަނުގެ މި އިސްނެގުމަކީ، ޓޫރިޒަމް މިނިސްޓްރީއާއި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)، މައިހުޅުމާލެ، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)، މާލެ ސިޓީ ކައުންސިލް، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ފުލުުންގެ އިތުރުން އެމްއެންޑީއެފްއާއި، މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ދިރާގު، އުރީދޫ، މަންޓާ އެއާ، މޯލްޑިވިއަން, އޭސް ޓްރެވަލްސް، އަދި ގަލްފް އެއާއާއި ޕީއެސްއެމް އިން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެގޮތުން، މިއީ ޝައުގުވެރި ހުށަހެޅުންތަކާއި އިންޓަރެކްޓިވް ހަރަކާތްތަކާއި ދިވެހި ކެއުންތަކުގެ ސްޓޯލްތަކުން ފުރިފައިވާ ޕްރޮގްރާމެއްކަމަށް އެމްއެމްޕީއާރުސީން ފާހަގަކުރި އެވެ.

ޑިސެމްބަރު 31 ވަނަ ދުވަހުގެ 20:00 ގައި އާންމުންނަށް ވަދެވޭ ގޮތަށް މި ފެސްޓިވަލް ފެށުމަށް ހަމަޖެހިފައިވާއިރު، މި ހަރަކާތުގައި ދިވެހިރާއްޖެއަށް ފަތުރުވެރިއަކު ޒިޔާރަތް ކުރާ ދަތުރު ދައަކާލުމުގެ ޑްރޯން ޝޯއަކާއި ބޮޑުބެރުގެ ހުށަހެޅުންތަކާއި، ދަފީ ނެގުން ފަދަ ޝައުގުވެރި ސަގާފީ ހަރަކާތްތައް އެކުލެވޭނެވެ. މީގެ އިތުރުން އާ އަހަރަށް މަރުހަބާ ކިޔުމަށްޓަކައި ހަވާވެސް އެރުވުމަށް ވަނީ ހަމަޖެހިފަ އެވެ.

ޖެނުއަރީ 1 ވަނަ ދުވަހުގެ ހަވީރު 16:00 އިން 22:00 އަށް މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައި ވަނީ އާއިލާތަކަށް ހާއްސަ ގިނަ ހަރަކާތްތަކާއެކުއެވެ. ދެވަނަ ދުވަހު ވެސް ކާބޯތަކެއްޗާއި ސަގާފީ ސްޓޯލްތައް ދައްކާލުމަށް ހަމަޖެހިފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: