ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިމިދިޔަ އަހަރު ދެ ގައުމުގެ ދެމެދު ވިޔަފާރި މުއާމަލާތްތައް ބޮޑުތަނުން އިތުރު: ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް

ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރު ރާއްޖެއާއި ޗައިނާގެ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭ މިންގަނޑު 75.8 އިންސައްތައިން އިތުރުވެފައިވާކަމަށް އެ ގައުމުގެ މިނިސްޓަރ އޮފް ކަމާސް ވޭންގް ވެންޓާއޮ ވިދާޅުވެއްޖެއެވެ.

ޗައިނާ އަދި ރާއްޖޭގެ ދެމެދު ގާއިމުކުރެވިފައިވާ ފްރީޓްރޭޑް އެއްބަސްވުމަށް އަމަލުކުރަން ފެށުން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ޗައިނާގެ މިނިސްޓަރ އޮފް ކޮމާސް ވޭންގް ވިދާޅުވީ، ރާއްޖެއާއި ޗައިނާއަކީ އެކުވެރި ގުޅުމެއް އޮންނަ ދެ ގައުމުކަމަށެވެ. އެގޮތުން އަހަރުތަކުގެ މަތިން އިގްތިސާދާއި ވިޔަފާރީގެ ގުޅުން ބަދަހިވެގެން އައިސްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓުގެ ތެރެއިން ގުޅިގެން ކުރެވޭ މަސައްކަތްތަކާއި އެހެނިހެން ދާއިރާތަކުންވެސް ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން ފޮނިމީރު ނަތީޖާތަކެއް ހާސިލުކުރެވިފައިވާކަމަށެވެ. ވޭންގް ވިދާޅުވީ 2023 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކަށް 75.8 އިންސައްތައިން އިތުރުވެފައިވާކަމަށާއި 760،000،000 އެމެރިކާ ޑޮލަރުން އަގުކުރެވޭކަމަށެވެ.

މިނިސްޓަރު ވޭންގް ވިދާޅުވީ، އެފްޓީއޭއަށް އަމަލުކުރަން ފެށުމަކީ ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާއިން ފާހަގަކުރެވޭ ލަނޑުދަނޑިއެއްކަމަށެވެ. އަދި މިއީ ދެ ގައުމުގެ އިސްވެރިންގެ ބެލުމުގެ ދަށުން އެއްބަސްވެވިފައިވާ މުހިންމު ކަންކަން ތަންފީޒުކުރުމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށްޓަކައި އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އާއި ބައްދަލުކުރެއްވުނު ފުރުސަތެއްގައި މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދެފަރާތުން އެއްބަސްވެފައިވާނެކަމަށާއި އެހެންކަމުން މިހާރު ދެ ގައުމުންވެސް މިކަން ފެށުމަށްޓަކައި ތައްޔާރުވެފައިވާކަމަށްވުމުން އުފާކުރައްވާކަމަށެވެ/.

އޭނާ ވިދާޅުވީ، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއިއެކު ވިޔަފާރިއަށާއި އިންވެސްޓުމެންޓަށް ފުޅާ މާހައުލެއް ގާއިމުވެގެންދާނެކަމަށާއި ރާއްޖެއިން ޗައިނާއަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކުންނާއި ލަކުޑިން ފަރުމާކޮށްފައިވާ ޒީނަތްތެރިކުރަން ބޭނުންކުރާ އުފެއްދުންތަކުން އެއްކޮށް ޑިއުޓީ މާފުވެގެންދާނެކަމަށެވެ. އަދި ޗައިނާއިން އުފައްދާ ކަނޑު އުޅަނދުތަކާއި ކަރަންޓު ސާމާނު އަދި ފަަރުނީޗަރު ރާއްޖެއަށް އިމްޕޯޓުކުރުމުގައިވެސް ބޮޑެތި ލުއިތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ސާވިސް އިންޑަސްޓްރީއާއި އިންވެސްޓުމެންޓުގެ ދާއިރާއިންވެސް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށެވެ.

އެހެންކަމުން އެފްޓީއޭއަށް އަމަލުކުރަން ފެށުމާއިއެކު ލިބިގެންދާ ފުުރުސަތުތަކުގެ ބޭނުންހިފައިގެން ރާއްޖެއާއި ޗައިނާގެ ދެެމެދު އޮތް އިގްތިސާދީ ގުޅުން އައު އުސްމިންތަކަކަށް ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: