ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަންގޭރީން 25 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަންގޭރީން ދޭ 25 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލް ޑިވެލޮޕްމެންޓުން ހުޅުވާލައިފިއެވެ.

25 ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީން ހުޅުވާލައިފައިވާއިރު 8 ބެޗްލާސް ޑިގްރީގެ ފުރުސަތާއި މާސްޓާސް އަށް ކިޔަވަން 14 ފުރުސަތުގެ އިތުރުން ޕީއެޗްޑީގެ ތިން ފުރުސަތު ހިމެނެއެވެ.

ބެޗްލާސް ޑިގްރީގެ ޝަރުތުގެ ގޮތުގައި ހިމެނެނީ ޖީސީއީ އޯލެވެލް ނުވަތަ އައިޖީސީއެސްސީ ނުވަތަ އެސްއެސްސީ އިމްތިހާނުގެ 5 މާއްދާ އިން ސީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައި ވުން ނުވަތަ ޖީސީއީ އޭ ލެވެލް ތިން މާއްދާ އިން އީ އިން ފެށިގެން މަތީ ގްރޭޑެއް ހާސިލުކޮށްފައިވާ ނަމައެވެ. ފާސްވި މާއްދާތަކުގެ ތެރޭގައި އިނގިރޭސި ނުހިމެނޭ ނަމަ، އައިއެލްޓްސް ފަދަ ފާހެއް އޮންނަން ޖެހޭ ކަމަށް ޝަރުތުގައިވެއެވެ.

މިނިސްޓްރީން ބުނީ މި ސްކޮލާޝިޕަށް ކުރިމަތިލާ މީހުންނަކީ ކުރިން ހަޔާ އެޑިއުކޭޝަން މެދުވެރިވެގެން ކިޔަވަން ލޯނެއް ނަގާފައިވާ ނަމަ ޑީފޯލްޓެއް ނެތި އެ ލޯނު ގަވާއިދުން ދައްކަމުން އަންނަ މީހުންނަށް ވާންޖެހޭ ކަމަށެވެ. ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މިހާރު ވެސް ކިޔަވަމުން އަންނަ ހަންގޭރީން އަލަށް ހުޅުވާލި ސްކޮލާޝިޕަށް އެދެވޭނެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 15 އެވެ.

ހަންގޭރީން ދިވެހިންނަށް ކޮންމެ އަހަރަކަށް ދެމުން އަންނަ ސްކޮލާޝިޕްގެ އަދަދު 15 އިން 25 އަށް އިތުރުކުރީ އެ ގައުމުގެ ފޮރިން މިނިސްޓަރު ޕީޓާ ސިއާޓޯ 2022 ގެ ނޮވެމްބަރު މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: