ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްގެ ކާޑުން ވިޔަފާރިކޮށްގެން އެއްލައްކަ ރުފިޔާ ހޯދުމުގެ ފުރުސަތު!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސްގެ ކާޑުން ވިޔަފާރިކޮށްގެން މި ޖަނަވަރީ މަހު 100،000 ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި މުއްދަތުގައި ބީއެމްއެލްގެ ކްރެޑިޓް އަދި ޑެބިޓް ކާޑުން، 200 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނޭނެއެވެ. ޕްރޮމޯޝަނުގައި ދޭ ބޮޑު އިނާމުގެ އިތުރުން ގުރުއަތުން ހޮވޭ 5 މީހަކަށް ކޮންމެ ދުވަހަކު 1،000 ރުފިޔާ ލިބޭނެއެވެ.

ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ކަސްޓަމަރުންގެ ތަފްސީލު ބީއެމްއެލްގެ ވެބްސައިޓުގައި ޝާއިއުކޮށް، އެ ކަސްޓަމަރުންނަށް އަންގާނެއެވެ. 8،000 އަށް ވުރެ ގިނަ މަރޗެންޓުންނާއެކު ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވެސް ބީއެމްއެލް ކާޑު ބޭނުންކުރެވެއެވެ. ބީއެމްއެލް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް، މި ބޭންކުގެ ޕާޓްނަރ މަރޗެންޓުން ދެމުންދާ ޑިސްކައުންޓްތަކާއި އެމެރިކަން އެކްސްޕްރެސް (އެމެކްސް) ކްރެޑިޓް ކާޑު މެންބަރުންނަށް އީޒީޕޭ އިންސްޓޯލްމެންޓް ޕްލޭން ހިމެނެއެވެ. އަދި މީގެ އިތުރުން ކްރެޑިޓް ކާޑުތަކުން ކުރާ ވިޔަފާރިތަކަށް ރިވާޑް ޕޮއިންޓް ލިބުން ފަދަ ހާއްސަ ފައިދާތައް ލިބެއެވެ. ބީއެމްއެލް ރިވާޑްސް ޕޮއިންޓް ބޭނުންކޮށްގެން އެއާލައިނުން ޓިކެޓު ނެގުމާއި ހޮޓެލް ބުކް ކުރުމާއި

ކާރު ކުއްޔަށް ނެގުމާއި މަޝްހޫރު ބްރޭންޑްތަކުގެ ގިފްޓްކާޑާއި ރާއްޖޭގެ ބައެއް ވިޔަފާރިތަކުގެ ވައުޗަރވެސް ލިބޭނެއެވެ. ބީއެމްއެލްގެ މޮބައިން ބޭންކިންގ އެޕް ނުވަތަ އިންޓަނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުންނަށް ކާޑަށް އެދި ހުށަހެޅޭނެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: