ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2025 ވަނަ އަހަރުގެ ކަލަންޑަރު ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2025 ވަަނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.

އެ ވުޒާރާއިން ތައްޔާރުކޮށްފައިވާ 2025 ވަނަ އަހަރުގެ ކަލަންޑަރު ވުޒާރާއިން އާއްމުކޮށް ވިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވޯލް ކަލަންޑަރު -/25ރ. (ފަންސަވީސް ރުފިޔާ) އަށް ވިއްކާން ހަމަޖެހިފައިވާ އިރު، ޑެސްކު ކަލަންޑަރު ވިއްކާން ހަމަޖެހިފައިވަނީ -/50ރ. (ފަންސާސް ރުފިޔާ) އަށެވެ.

މި ކަލަންޑަރަކީ ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތަކާއި ނަމާދު ވަގުތުތައް އެނގޭޭ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެކެވެ.

މި ކަލަންޑަރުތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 އަށް ވުޒާރާގެ ރިސެޕްޝަނުން ގަންނާން ލިބޭން ހުންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: