ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅީފަޅުގެ މުނިސިޕަލް ހިދުމަތްތަކާއި، މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ގުޅީފަޅު
ޝެއާރކޮށްލާ ކަހަލަދޯ؟

ގުޅީފަޅުގެ މުނިސިޕަލް ހިދުމަތްތަކާއި، މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ރައީސް އޮފީހުގައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް ވަނީ ވާހަކަދައްކަވާފައެވެ.

މިއީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގެ ތެރެއިން ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ކުރެވޭ މަސައްކަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޗައިނާ މިޝަނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްސީ) އާއިއެކު ކޮންސްޓްރަކްޝަން މިނިސްޓްރީއަށް ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މަޝްރޫއުގެ ސްކޯޕިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުންފަދަ މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮންސެޕްޓް ލެވެލްގެ ޑިޒައިން މަސައްކަތްތަކެއް ވަނީ ކުރެވިފައި، މި ހުރިހާ މަސައްކަތަކަށްފަހު ކޮންޓްރެކްޓަރ ފައިނޭންސް ހަމަޖައްސާ ގޮތަށް ސީއެމްސީއިން ހުށައެޅި ޕްރޮޕޯސަލް އިވެލުއޭޓްކޮށް، އެއާއިމެދު ކުރެވުނު މަޝްވަރާތައްފަހު ކޮންޓްރެކްޓަރ ހަމައަށް މިވަނީ އާދެވިފަ.

މިނިސްޓަރު ވިދާޅުވިއެވެ.

މި މަޝްރޫއުގެ ތެރެއިން ކުރެވޭނެ މައިގަނޑު މަސައްކަތްތަކަކީ، އިލެކްޓްރިކްސިޓީ ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމްކުރުމާއި، ފެނާ ނަރުދަމާގެ ނިޒާމު ގުޅީފަޅުގައި ގާއިމްކުރުމާއި، ޑީވޮޑަރިން ސިސްޓަމް ގާއިމްކުރުމާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމާއި، ގޭސް ސްޓޯރޭޖާއި، ޑިސްޓްރިބިއުޝަން ސެންޓަރު ގާއިމްކުރުމެވެ.

މި އެއްބަސްވުމުގައި ސޮއިކުރެވިގެންދިއުމާއިއެކު، ކޮންޓްރެކްޓަރ ސަރވޭ އަދި ޑީޓައިލް ޑިޒައިނިންގެ މަސައްކަތް ކޮންޓްރެކްޓަރ ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގުޅީފަޅުގައި ބުރިޖުގެ މަސައްކަތް ކުރިއަށްދާތީ، އެ މަސައްކަތަށް ބިމުގެ ވަރަށް ބޮޑު ބައެއް ނަގާފައިވާތީ، މި މަޝްރޫއުއަށް ބޭނުންވާ ބިން ހޯދުމުގައި ދަތިތަކެއް ހުރި ނަމަވެސް އެ މަސައްކަތްވެސް ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ.

މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދުމަށް ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ބައެއްކަމަށްވެސް މުއްތަލިބު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: