ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަދީމްގެ މަރު: އިތުރު ކަމެއް ސާފުކުރަން ނެތްކަމުގައިވާނަމަ ދެން އޮތީ ޙުކުމް

ނަދީމްގެ މަރުގެ މައްސަލަ
ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމު ޢަބްދުއްރަޙީމް އަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފިއެވެ.

2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ ނަދީމަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގ. ޝާރާޒް، މުހައްމަދު މަފާޒާއި، ލ. ގަމު ތުނޑީ އަވަށު ވިދާތަރި، އަލީ ނިފާޒާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ސާމިހުގެ އިތުރުން، ގއ. ގެމަނަފުށީ ހަވާސް، މުހައްމަދު ކަރަމް ސުހައިލުގެ މައްޗަށެވެ.

ނަމަވެސް އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މީގެ ކުރިން ބޭއްވި އަޑުއެހުންތަކުގައި ދައުލަތުން އިސްތިއުނާފު ހުށަހަޅައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަނީ ޖަވާބުވެސް ހުށަހަޅާފައެވެ.

މި މައްސަލައިގައި ސީދާ މަރުގެ ޙުކުމް އަންނަ ދައުވާއެއްގެ އިތުރުން، އެކަމުގައި ބައިވެރިވިކަމުގެ ކުށް ސާބިތުވެއްޖެނަމަ ޖަލު އަދަބު އަންނަ ދައުވާތަކެއްވެސް ހިމެނޭއިރު، މި މައްސަލަ ސާބިތުކޮށްދޭން ޖެހޭ މިންގަނޑާ ގުޅޭގޮތުން ފަނޑިޔާރުން ވަނީ ސުވާލު ކުރައްވާފައެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، އާންމު ޖިނާއީ މައްސަލަތަކުގައި ސާބިތު ކުރުމުގެ މިންގަނޑަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކަމަށާއި، ހައްދު ކަނޑައެޅިފައިވާ ކުށްތަކުގައި އިސްލާމީ ޝަރީއަތުގައި ސާބިތުކޮށްދޭން އޮންނަ މިންގަނޑަކީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ކަމަށެވެ.

އެހެންނަމަވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވެއްޖެ ނަމަ މަރުގެ އަދަބު ދެވިދާނެތޯ ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ. އެ ސުވާލުގެ ޖަވާބުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޤާނޫނުގައި އޮތް މިންގަނޑުން ބަލާނަމަ، އެ ޙާލަތުގައިވެސް މަރުގެ އަދަބު ދެވިދާނެ ކަމަށެވެ.

މި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވުމަށްފަހު، ޝަރީއަތުން ސާފު ކުރަން ބޭނުންވާ ކަންކަން ސާފުކޮށް، އަޑުއެހުންތައް ނިންމަވާލައްވާފައެވެ. އަދި އިތުރު ކަމެއް ސާފު ކުރަން ނެތްނަމަ ދެން އޮންނާނީ ޙުކުމް ކުރެއްވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: