ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިޑް ބޮޑީ އެއަރ ކްރާފްޓްގެ ދެވަނަ ބޯޓު އަންނަ އޮކްޓޯބަރު މަހު އުދުހެން ފަށާނެ: ރައީސް

މޯލްޑިވިއަންގެ އެއާބަސް އޭ330 ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ނިޝާން އަލީ| މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ވައިޑް ބޮޑީ އެއަރ ކްރާފްޓްގެ ދެވަނަ ބޯޓު މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އުދުހެން ފަށާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވައިޑް ބޮޑީ އެއަރ ކްރާފްޓް އޮޕަރޭޝަން ތައާރަފް ކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިއަދަކީ ރާއްޖޭގެ އުދުހުމުގެ ތާރީހުގައި ވަރަށްވެސް ކުލަ ގަދަ ދުވަހެއް ކަމަށެވެ. ފަތުރުވެރިކަމުގެ ދާއިރާ އެތައް ގުނައަކުން ފުޅާ ކުރުމަށްޓަކައި ގައުމީ އެއާި ލައިންގެ ކެޕޭސިޓީ ބޮޑުކުރަން ޖެހޭކަން ރިޔާސީ އިންތިހާބުގެ ތެރޭގައި ރާއްޖޭގެ ކުރިމަގުގެ ތަސައްވުރު ރޭވުމުގެ މަަސައްކަތުގެ ތެރެއިން، މެނިފެސްޓޯ ލިޔުމުގެ ތެރެއިން މަޝްވަރާ ކުރެވުނު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތުން ކަނޑައެޅީ ދުރުރާސްތާއަށް ދަތުރު ކުރެވޭވަރުގެ ވައިޑް ބޮޑީ އެއަރ ކްރާފްޓްތަކެއް ތައާރަފް ކުރުމަށް ކަމަށެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގަތީ ވައިޑް ބޮޑީ ދެ އެއަރ ކްރާފްޓް އައިލެންޑް އޭވިއޭޝަނަށް ގެނެސް އޮޕަރޭޝަންތައް ފުޅާކުރަން ކަމަށެވެ.

މިގޮތުން އަޅުގަނޑުމެން ފެށި މަސައްކަތުން މިއަދު އިރާދަކުރެއްވީތީ މީގެ ފުރަތަމަ ބޯޓު ރާއްޖެއަށް ވަނީ އައިއްސަ. އެކަމުގެ އުފާ އަޅުގަނޑުމެންނަށް ހާސިލްވެގެން މިދަނީ. އެކަމަށްޓަކައި ރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މަރުހަބާ ދަންނަވަން

ރައީސް ވިދާޅުވީ މިކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއް ކަމަށެވެ. ރައީސް ވިދާޅުވީ މިއީ ފެށުމެއް ކަމަށާއި އަދި މިއަދު ފުރަތަމަ ބޯޓު އައި ކަމުގައި ވީނަމަވެސް މީގެ ދެވަނަ ބޯޓު މިއަހަރުގެ ތެރޭގައި އުދުހެން ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި އައިލެންޑް އޭވިއޭޝަން އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ ހުރިހާ ބޭފުޅުން ގުޅިވަޑައިގެން ކުރިއަށް ގެންދާ މަސައްކަތް ނިމި އޮކްޓޫބަރު މަހާއި ހަމައަށް ދާއިރު އޮންނާނީ އިދުހުމަށް ތައްޔާރުވެފައި ކަމަށެވެ.

މިއަދު ފެށުނު ބޯޓުތައް ޗައިނާއަށް ދަތުރުތައް ފެށުނު ނަމަވެސް ކުރިއަށް އޮތް ތަނުގައި ދުނިޔޭގެ އެހެން މަންޒިލްތަކުން ފަތުރުވެރިން ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: