މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 އިންސައްތަ އިތުރުވިކަން ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޑިސެމްބަރާއި ހަމައަށް ރާއްޖެއަށް 2،046،615 ފަތުުރުވެރިން އަައިސްފައި ވެއެވެ. 2023ގައި ރާއްޖެ އައިސްފައި ވަނީ 1،878،543 ފަތުރުވެރިންނެވެ. ތަފާސްހިސާބުތައް ދަައްކާގޮތުން 2023 އާ އަޅާކިޔާއިރު، 2024 ގައި ރާއްޖެއަށް އިތުރަށް 168،072 ފަތުރުވެރިން އައިސްފައި ވެއެވެ. އިންސައްތައިން ބަލާނަމަ އެއީ 8.94 އިންސައްތައެެވެ. އެ ވުޒާރާއިން މިދިޔަ އަހަރު އަމާޒު ހިފާފައި ވަނީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ. އެކަން ހާސިލްވެފައި ވަނީ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހެެވެ.
އެ ވުޒާރާއިން އާއްމުކޮށްފައިވާ މި އަހަރުގެ އެންމެ ފުރަތަމަ 4 ދުވަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް 25،076 ފަތުރެވެރިން އައިސްފައި ވެއެވެ. އަދި ދުވާލެއްގެ މައްޗަށް 6،000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ދައްކާއިރު، މި މުއްދަތުގައި އެންމެ ގިނައިން ފަތުރުވެރިން އަންނަ ކަމަށް ދައްކަނީ ރަޝިޔާއިންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ދައްކަނީ އިޓަލީންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ދައްކަނީ އިނގިރޭސިވިލާތުންނެވެ.

