- ފޮރިން މިނިސްޓަރ ޑރ. ޚަލީލު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޝެއިޚް ޢަބްދުالله ބިން ޒައިދު އަލް ނަޙްޔާންއާއި ބައްދަލު ކުރައްވައިފިއެވެ.
މިނިސްޓަރ ޔޫއޭއީއަށް ކުރައްވާ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަލާމް، އެ ގައުމުގެ ރައީސް މުހައްމަދު ބިން ޒަޔެދް އަލް ނަހްޔާންއަށް އެރުވިއެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކުގައި، ރާއްޖޭގެ ތަރައްޤީގައި ޔޫޢޭއީ އަދާ ކުރި ދައުރަށް ޝުކުރު އަދާކުރެއްވި އެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ ވަނީ ޔޫއޭއީގެ ހާރިޖީ ވަޒީރު ޢަބްދުﷲ ބިން ޒައިދާއި އެކު އޮތް ބައްދަލުވުމުގައި ފިސްކަލް ރިފޯމްއާއި ތަރައްޤީއާއި ގުޅިގެން އިސްނަގައިގެން ކުރިޔަށް ގެންދެވޭ ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.
ދެ ގައުމުގައި އޮތް އެއްގޮތް ސިޔާސަތުތަކުގައި ބައިވެރިވެ، ގުޅިގެން އެކި ސިނާއަތްތައް ކުރިއެރުވުމަށް ވެސް ޔަގީންކަން އެރުވިއެވެ. އޭގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ އުފެއްދުމާޢި، މަސްވެރިކަމާއި، ވިޔަފާރިއާޢި، ޓޫރިޒަމްގެ ދާއިރާ ހިމެނެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްރޮޖެކްޓުގައި ޔޫއޭއީގެ އަބޫ ދާބީ ފަނޑް ފޮރ ޑެވެލޮޕްމެންޓް (އޭޑީއެފްޑީ) އިން ލިބުނު އެހީއަށް މިނިސްޓަރ ޝުކުރު އަދާކުރެއްވި އެވެ.
ޔޫއެއީ އާއި ރާއްޖޭގެ މެދުގައި ބައިލެޓަރަލް އެއްބަސްވުމުގައި އެންމެ ފުރަތަމަ ސޮއި ކުރީ 1978 ވަނަ އަހަރު މާރިޗް 13 ގައެވެ. މި ގުޅުމަށް 46 އަހަރުވެފައިވާއިރު، މި ގުޅުން އިތުރަށް ބަދަހިވެ، ވަރުގަދަ ވުމަށް ޔޫއޭއީ އަދި ދިވެހިރާއްޖޭގެ ވަރަށް ބޮޑު އުއްމީދެކެެވެ.

