ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދަށްވީތީ ތަފާތު ގޮތެއް ގެންގުޅެވެން ނެތްކަމަށް ވިދާޅުވެ، ފަނޑިޔާރުންގެ ހޫނު ބަސްފުޅުތަކެއް!

އަބްދުﷲ ޖިހާދުގެ ޝަރީއަތް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުއާ ދެކޮޅަށް ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.

މިއީ މި މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުމަކާމެދު ދަށު ކޯޓުން ނިންމި ނިންމުމެއް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ބަލަމުންދާ މައްސަލައެކެވެ. އެއީ މި މައްސަލައިގެ ދައުވާތައް ބޭރުކޮށްލުމަށް ދަށު ކޯޓުން ނިންމި ނިންމުމެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން މަޒީދު، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލްއެވެ.

ދައުލަތުން ހައިކޯޓަށް މައިގަނޑު 2 އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވެ. ދައުލަތުން ވަނީ މި މައްސަލައަކީ މައުޟޫއީ ގޮތުން ބަލައި ގޮތެއް ނިންމަން ޖެހޭ މައްސަލައެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކޮށްދިނުމަށް އެދިފައެވެ.

މި މައްސަލައިގެ އިސްތިއުނާފަށް ޖަވާބު ދެއްވުމަށް ފުރުސަތު ދެއްވުމުން ޖިހާދު ވިދާޅުވީ، އޭނާއަށް ވަކީލަކު އައްޔަނު ކުރެވިފައިނުވާ ކަމަށާއި، އެހެންކަމުން ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތަކަށް އެދިލައްވާ ކަމަށެވެ.

އެހެންނަމަވެެސް މި ބާވަތުގެ މައްސަަލަތަކަކީ އަވަހަށް ނިންމަންޖެހޭ ބާވަތުގެ މައްސަލައަކަށްވާތީ އެ ފުރުސަތުު ދެވެން ނެތްކަމަށް ފަނޑިިޔާރުން ވިދާޅުވިއެވެ. ފަނޑިޔާރުން ވިދާޅުވީ، މި މައްސަލައިގެ ތާވަލު ކުރެވި ޗިޓުވެސް ފޮނުވިފައިވާ ކަމަށެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަކީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި 2013 ވަނަ އަހަރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރި މައްސަލައިގަ އެވެ.

އެހެންނަމަވެސް ޖިހާދު ވިދާޅުވީ، އޭނާ ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެނބުރިވަޑައިގެންނެވީވެސް ބުރާސްފަތި ދުވަހު ކަމަށާއި، އެހެންވުމުގެ ސަބަބުން ލިއެކިއުންތަކާއި ކޯޓު އަމުރުވެސް ލިބިފައިވަނީ ހޯމަ ދުވަހު ކަމަށެވެ. އެހެންކަމުން 5 ދުވަހުގެ މުއްދަތަކަށް އެދިލައްވާކަމަށް ޖިހާދު ތަކުރާރު ކުރެއްވިއެވެ.

އެހެންނަމަވެސް މިފަދަ މައްސަލަތައް ކޯޓަށް ހުށަހެޅޭ ތާރީޚުން ފެށިގެން 14 ދުވަސްތެރޭ ނިންމަން ޤާނޫނުގައި ކަނޑައެޅިފައިވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު މަޒީދު ވިދާޅުވީ، ބާކީ އޮތީވެސް 7 ދުވަސް ކަމަށެވެ. ޖިހާދު އެދިލައްވާ ގޮތަށް 5 ދުވަސް ދެއްވައިފިނަމަ ފަނޑިޔާރުން މައްސަލަ ދިރަސާ ކުރައްވައި މައްސަލަ ނިންމަވަންވެސް ލިބިވަޑައިގަންނަވާނީ 2 ދުވަސްކަން ފަނޑިޔާރު މަޒީދު ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެން މުއާމަލާތު ކުރަމުން މިދަނީ ކުޑަކުދިންނަކާ ނޫން، ބޮޑުވެ ތަސައްރަފު ފުދިފައި ތިބި މީހުންނާ، ކޯޓުން ޗިޓް ހިފައިގެން ދިޔަ މުވައްޒަފު ލިޔެ ސޮއިކޮށްފައި އެބައޮވޭ މުއާމަލާތު ކުރެވުނު ގޮތް، އަޅުގަނޑުމެން އެއަށް އިތުބާރު ކުރަން، އޭގައި ސާފުކޮށް އެބަ އޮވޭ ފުރަތަމަ މެއިޑް ބުނިކަމަށް ޖިހާދު އެބައުޅުއްވާކަމަށް، ދެން ޖިހާދު ތި ވިދާޅުވަނީ ބުރާސްފަތި ދުވަހު ރާއްޖެ ވަޑައިގެންނެވިކަމަށް، ކޯޓުގެ މުވައްޒަފު ޗިޓް ހިފައިގެން ދިޔައީ އޭގެ ފަހުން، ޗިޓްގައި ބަޔާންކޮށްފައި އޮތީ އަންހެނުން މެއިޑްއަށް ގުޅުމުން ދެން ބުނިކަމަށް ގޭގައި ނެތޭ، މިއީ ކުޑަކުދިންނާ މުއާމަލާތުު ކުރާ ގޮތަށް މިދަނީ ކަންކަން، އެގޮތަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުުރާނަން

ފަނޑިޔާރު ނިިޔާޒު ވިދާޅުވީ، އާންމުންނާއި ޚާއްސަ ފަރާތްތަކާމެދުވެސް ޤާނޫނު ހިނގާނީ ހަމަހަމަ މަގަކުން ކަމަށެވެ. ކޯޓުންވެސް އަމަލު ކުރާނީ އެގޮތަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

އެހެންކަމުން 3 ފަނޑިޔާރުންނަށްވެސް އިއްތިފާޤު ވެވުނީ މި މައްސަލައިގައި ޖަވާބުދާރީވާން ޖެހޭ ކަމަށެވެ.

އެކަމާ ގުޅިގެންް ޖިހާދު ވިދާޅުވީ، އޭނާއަށް ވަކީލަކާ ނުލައި ޖަވާބުދާރީ ނުވެވޭނެ ކަމަށާއި، އެކަށީގެންވާ ފުރުސަތު ލިބިފައިނުވާ ކަމަށެވެ. އެހެންކަމުން ޖަވާބުދާރީވުމަށް އުޒުރުވެރިވެވަޑައިގަންނަވާކަމަށް ޖިހާދު ތަކުރާރުކޮށް ވިދާޅުވިއެވެ.

އެހެންވެ ފަނޑިޔާރުން ވަނީ އިސްތިއުނާފާ ގުޅޭގޮތުން ސާފު ކުރަން ހުރި ކަންކަން ދައުލަތުން ސާފު ކުރައްވައި، އިތުރު ކަމެއް ނެތްނަމަ ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުންކަމަށް ވިދާޅުވެފައެވެ.

މައްސަލައިގެ ފަސްފަހަތް:

ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ސަރުކާރާއި ބޭރުގެ ކުންފުންޏެއް ގުޅިގެން ކޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު ލަފައާއި ހިލާފަށް ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 އިންސައްތަކަމަށް އެއްބަސްވުމުގައި އޮއްވައި ސޮއިކުރިކަމަށް ބުނެއެވެ.

އެކަމަކު މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީގޮތުން ގޯސްތަކެއް ހަދާފައި ހުރުމުގެ ސަބަބުންކަމަށް ނިންމުމުގައި ވެއެވެ.

ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އެ ނިންމެވުމުގައި ބުނެފައި ވަނީ، މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމާފައިވަނިކޮށްކަމަށެވެ. އަދި މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށް އެ ނިންމުމުގައި ވެއެވެ.

މީގެއިތުރުން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާކަމަށާއި އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރިމީހެއްކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސް މަސައްކަތްކޮށްފައި ނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: