ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަސާސީ ހިދުމަތްތައް އެއް މިންވަރަކަށް ފޯރުކޮށްދިނުން ލާޒިމްކުރަން ގާނޫނަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުރިހާ ގޭބިސީތަކަށާއި، އަދި ކޮންމެ ގޭބިސީއެއްގެ ހުރިހާ ހިސާބަކަށް އަސާސީ ހިދުމަތްތައް އެއް މިންވަރަކަށް ފޯރުކޮށްދިނުން ލާޒިމްކުރާ އިޞްލާޙެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

މިއީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް ހުށައެޅުއްވި އިސްލާހެކެވެ. އިސްލާހު ހުށައަޅުއްވާފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނަށެވެ.

އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކުން ވެސް ގޭބިސީއެއްގެ ހުރިހާ ކަންކޮޅަކަށް އެއް މިންވަރަކަށް، އެއް ބާރުމިނެއްގައި އަދި އެއް ހަލުވިމިނެއްގައި ޚިދުމަތް ފޯރުކޮށްދޭންޖެހޭނެކަމަށް އިސްލާހުގައިވެއެވެ. އެގޮތުން ފެނާއި ކަރަންޓާއި ނަރުދަމާ އަދި އިންޓަނެޓްގެ ޚިދުމަތް ފާހަގަކޮށްފައިވެއެވެ.

މި އިސްލާހު ފާސްވެއްޖެނަމަ ގޭބިސީއެއްގެ ހުރިހާ ކޮޓަރިތަކަށާއި ފާޚާނާތަކަށް އެއް މިންވަރަކަށް ޚިދުމަތް ލިބޭކަން ކަށަވަރުކުރަން ޖެހޭނެއެވެ. އަދި މިކަމަށް އިތުރު ފީއެއްވެސް ނުނެގޭނެކަމަށް އިސްލާހުގައިވެއެވެ.

މި އިސްލާހާއި ހިލާފުވާނަމަ ޝަރުޢީ ކޯޓަށް މައްސަލަ ހުށަހަޅައި ގެއްލުމުގެ ބަދަލު ހޯދުމުގެ ފުރުޞަތު އޮންނާނެ ގޮތަށް ވަނީ ހިމަނާފައެވެ.

މިއީ އަސާސީ ޚިދުމަތްތައް ދޭ ކުންފުނިތަކުގެ މެދުގައި އެކަށީގެންވާ ވާދަވެރިކަމެއް ނެތުމުން، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ގޮތުން ހުށައަޅާފައިވާ އިސްލާހެއްކަމަށް މެންބަރު ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލަ ހައްލު ލިބި، ދިމާވާ ދަތިތަކާއި އިތުރު ޚަރަދުތައްވެސް ކުޑަވެގެންދާނެކަމަށް ފާހަގަކޮށްފައިވެއެވެ.

މިއީ ޕްރައިވެޓް، ޕަބްލިކް އަދި ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކުންވެސް އަމަލު ކުރަން ޖެހޭނެ އިސްލަހެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: