ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް!

ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން/ ފޮޓޯ: ދިރާގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފޯރުކޮށްދީފިއެވެ.

މި ހިދުމަތް ތައާރަފު ކުރުމާއި ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ވަނީ ކުންފުނީގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ.

މިއީ ދިވެހި ރާއްޖޭގެ މުވާސަލާތީ ސިނާއަތަށް ލިބިގެންދާ އަދި ދުނިޔޭގެ ފެންވަރުގައި  ވެސް ފާހަގަކޮށްލެވޭވަރުގެ ބޮޑު ކުރިއެރުމެކެވެ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް ފައިބަރ ޚިދުމަތް 100 އިންސައްތަ އާބާދީއަށް ފޮރުކޮށްދީފައިވަނީ މަދު ގައުމެއްގައެވެ.

ބްރޯޑްބޭންޑް އަކީ ގައުމެއްގެ އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީގެ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނޭކަމެކެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގެ ތަރައްގީގެ ޕްލޭންގައި ބްރޯޑްބޭންޑްގެ ޚިދުމަތް ފުޅާކުރުމަށް މުހިންމު ކަމެއްގެ ގޮތުގައި ހިމަނާފައިވުމަކީ މީގެ ވަރަށް ބޮޑު ހެއްކެކެވެ.

މިގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ރާއްޖެ ”ސްމާޓް ނޭޝަން“ އަކަށް ވުމަށާއި ”ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދެވޭ އިންޓަނެޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް އަދި އިންޓަނެޓްގެ އަގު އަތްފޯރާފަށަށް ތިރިކުރުމަށް“ ކުރައްވަމުން ގެންދަވާ މަސައްކަތައް ރާއްޖޭގެ ހުރިހާރަށަކަށް ދިރާގު ހައި ސްޕީޑް ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރ، އިސްމާއިލް ރަޝީދު ވިދާޅުވިގޮތުގައި ދިރާގު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް ފޯރުކޮށްދިނުމުގެ ޝަރަފު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ސީއީއޯ ވަނީ ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައި ދިރާގުގެ ޚިދުމަތް ބޭނުންކުރައްވަމުން ގެންދަވާ ކަސްޓަމަރުންނަށް މަރުހަބާއާއި ޝުކުރުދަންނަވާފައެވެ.

މީގެ އިތުރުން ހައިސް ޕީޑް ބްރޯޑްބޭންޑް އަކީ ޑިޖިޓަލް ޚިދުމަތްތައް ރައްޔިތުންނާ ހަމައަށް ވާސިލްކޮށްދިނުމަށް ބޭނުންވާ މުހިންމު ވަސީލަތެއްކަމަށާއި ދިރާގުން މި ހާސިލް ކުރި ކާމިޔާބީއާ އެކު ރާއްޖޭގެ ޑިޖިޓަލް ވިއުގަ އިތުރަށް ހަރުދަނާވެ، ގައުމުގެ ޑިޖިޓަލް ތަރައްގީގެ ދުވެލި އިތުރު ހަރުފަތަކަށް ގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

މިއީ ދިރާގުގެ ޚިދުމަތްތައް ރާއްޖޭގެ އެންމެންނަށް އެއްފެންވަރެއްގައި ފޯރުކޮށްދިނުމަށް ދިރާގުން ކުރަމުންދާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށާއި، އަދި މިފަދަ ބޮޑު މަޝްރޫއެއް ނިންމާލާ، ދިރާގުގެ ”ޑިޖިޓަލް ރާއްޖޭ“ ގެ ތަސައްވަރު ހަގީގަތަކަށް ހެދުމުގައި ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.

އެގޮތުން ސަރުކާރުގެ އިދާރާތަކުންނާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ދިރާގަށް ދެއްވަމުންގެންދަވާ އެއްބާރުލުން ފާހަގަކޮށް، ޕާޓްނަރުންނާއި ދިރާގުން މިމަސައްކަތުގައި އަމަލީގޮތުން ބައިވެރިވި ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް އިހްލާސްތެރިކަމާ އެކު ޝުކުރު ދަންނަވާފައިވެއެވެ.

ދިރާގަކީ މިހާރު ދިވެހިރާއްޖޭގައި އެންމެ ހަލުވި އަދި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެވެ. މިގޮތުން ދިރާގުގެ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާވެގެންދިއުމުގެ ސަބަބުން އެންމެ އުތުރާއި ދެކުނުގެ ކުދި ބޮޑު ހުރިހާ މުޖުތަމައުތަކަށްވެސް ޑިޖިޓަލް އެކްސެސް އިތުރުވެ ޑިޖިޓަލް އިގްތިސޯދެއްގައި ކުރިއެރުމަށް މަގުފަހިވެގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: