ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ގްރޭންޑް މިސްކިތް މަރާމާތު ކުރަން ގަތަރު ޗެރިޓީއާއެކު އުރީދޫއިން ސޮއިކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީ (ހުޅުމާލެ ގްރޭންޑް މިސްކިތް) ފުލް އެއަރކޮންޑިޝަން ސިސްޓަމާއެކު އަޕްގްރޭޑް ކޮށް އާބާތުރަ ފިލުވުމުގެ މަސައްކަތް އުރީދޫ މޯލްޑިވްސް އިން [ގަތަރު ޗެރިޓީ“ އާއި ގުޅިގެން ކުރާނެކަން ފަޚުރުވެރިކަމާއެކު އިޢުލާނުކޮށްފިއެވެ.

ދޯހާގައި ބޭއްވި ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ ޚާލިދު އަލް – ހަމާދީ އާއި ގަތަރު ޗެރިޓީގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު ފަޚްރޫ އެވެ. މި ރަސްމިއްޔާތުގައި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން އަލްފާޟިލާ ފާތިމާ ސުލްޠާން ކުވާރީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ. ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 2006 ވަނަ އަހަރު އިމާރާތްކުރި މިސްކިތެކެވެ.

މިއެއްބަސްވުމުގެ ދަށުން މަރާމާތުތައް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. އަދި ރަމަޟާން މަސް ފެށުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި، މި މާތް ދަނޑިވަޅުގައި ނަމާދުކުރާ މީހުންނަށް ހިތްހަމަޖެހިގެން ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވިއެވެ.

ރަމަޟާން މަހަކީ ގިނަބަޔަކު އަޅުކަން ކުރުމުގައި މިސްކިތުގައި ގިނަވަގުތު ތަކެއް ހޭދަކުރެވޭ މަހެއް. މަސްޖިދުލް ޝައިޚް ޤާސިމް ބިން އަލްޘާނީގެ ވަސީލަތްތައް އިތުރަށް ހަރުދަނާކުރުމަށް ޤަތަރު ޗެރިޓީއާ ގުޅިގެން ކުރުމަކީ އުރީދޫ މޯލްޑިވްސްއަށް ލިބޭ ޝަރަފެއް. އަޅުގަނޑުމެން އުންމީދު ކުރަނީ މި މަސައްކަތުގެ ސަބަބުން މި ބަރަކާތްތެރި މައްސަރުގައި ވެސް އަދި އޭގެ ފަހުންވެސް އަޅުގަނޑުމެންގެ މުޖުތަމައުއަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށް.

ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއްކަމަށް ކުންފުނިން ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: