ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރިވަރުންތަކެއް ގްްރޫމްކުރި މައްސަލައިގައި ހައްޔަރުކުރި ޓީޗަރު އަލުން ބަންދުކުރަން ހައިކޯޓުން އަންގައިފި

ދިވެހިރާއްޖޭގެ ހައިކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންތަކެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި އެކުދިން ގްރޫމްކުރި މައްސަލައެއްގައި ތުހުމަތު ކުރެވޭ ޓީީޗަރު އަލުން ބަންދު ކުރުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 29 އަހަރުގެ ފިރިހެން ޓީޗަރެކެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި މައްސަލައިގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށްވެސް ވަނީ ފޮނުވާފައެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް ފުރަތަމަ އޭނާ 20 ދުވަހަށް ބަންދުކުރެވުނެވެ. އޭގެ ފަހުން އިތުރު 30 ދުވަހަށް ބަންދު މުއްދަތު އިތުރުކުރެވުނެވެ. އަދި އެ މުއްދަތު ހަމަވުމުން ބަންދުގެ މުއްދަތު އިތުރުކޮށްދިނުން އެދި ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ ޝަރުތުތަކާއެކު ދޫކޮށްލާފައެވެ. އެގޮތުން މި މައްސަލައިގައި އޭނާގެ ފަރާތުން މުޖުތަމައަށް ނުރައްކަލެއް ނެތްކަމަށް ބުނެ އޭނާ ބަންދުން ދޫކޮށްލީ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެހެންނަމަވެސް އެ ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދި  ހައި ކޯޓުން މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމަވާފައިވަނީ މެޖިސްޓްރޭޓް ކޯޓުން ބަންދާ މެދު އަލުން ގޮތެއް ނިންމަންދެން ހަތް ދުވަހަށް ޓީޗަރު ބަންދުގައި ބަހައްޓަން އަމުރު ކުރައްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: