ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްޓިފައި ހުރި މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެންނަނީ!

ރައީސުލްޖުމްހޫރިއްޔާ ގދ. ރަތަފަންދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުއްޓިފައި ހުރި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކްކޮށް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުވަދު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ހުއްޓިފައި ހުރި މަޝްރޫއުތައް ކުރިއަށް ގެންދަވާނެކަމަށެވެ. އަދި ރަށްތަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތްކުރަމުން ގެންދާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި ހުއްޓިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ބޮޑު ހިލަ ބަލްކުކޮށް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން މި ބަލަނީ މިގޮތަށް ހުއްޓިފައި ހުރި ހުރިހާ ރަށަކަށް ބޭނުންވާ ތަކެތި ހަމަކުރަން. ބޮޑުހިލަ އެންމެ ގިނަރަށްތަކުގެ މަސައްކަތް ހުއްޓިފައި އޮތް ސަބަބަކީ ބޮޑުހިލަ ނުލިބުން.

ރައީސް ވިދާޅުވިއެވެ.

ގިނަ ރަށްތަކުގައި މަޝްރޫއުތައް ހުއްޓިފައި ހުރީ ޝޯ ޕްރޮޓެކްޝަންއަށް ބޭނުންވާ ބޮޑު ހިލަ ނުލިބިގެންކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލައަށްހައްލު ހޯދުމަށް މިހާރު ޕްލޭންއެއް އެކުލަވާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: