ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގައި ހައްޔަރުކޮށްފައިހުރި އިޓަލީގެ ނޫސްވެރިޔަކު މިނިވަންކޮށްފި

އީރާނުން ހައްޔަރުކުރި އިޓަލީގެ ނޫސްވެރިޔާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ހަފްތާ ވަންދެން އީރާނުގައި ހައްޔަރުކޮށްފައިހުރި އިޓަލީގެ ނޫސްވެރިޔަކު މިނިވަންކޮށްފިއެވެ،

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ސިސީލިއާ ސަލާ ކިޔާ އިޓަލީގެ ނޫސްވެރިޔަކު އީރާނުގައި ހައްޔަރުކުރުމާއި، އީރާނުގެ އިންޖިނީރަކު އިޓަލީގައި ހައްޔަރުކުރުމާއި ގުޅުންތަކެއް ވެއެވެ. ސިސީލިއާ މިނިވަންކޮށްފައިވާކަން އިޓަލީގެ ބޮޑުވަޒީރުވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައިކަމަށްވާއިރު އޭނާގެ މައިންބަފައިންނަށްވެސް އެ މައުލޫމާތު ހިއްސާކޮށްފައިވާނެކަމަށް ޖޯރޖިއާ މެލޯނީގެ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

އެގޮތުން ފަސިންޖަރުންގެ ތެރޭގައި ސިސީލިއާ ހިމެނޭ ވައިގެ އުޅަނދެއް އީރާނުން ނައްޓާލާފައިވާކަމަށާއި، މިކާމިޔާބު ހާސިލުކުރެވިފައިވަނީ ޑިޕްލޮމެސީގެ މަގުންނާއި އިންޓެލިޖެންސް މަސައްކަތްތަކެއް މެދުވެރިކޮށްކަމަށެވެ. އީރާނުގެ ނޫސްތަކުންވެސް ވަނީ އޭނާ މިނިވަންކުރި ހަބަރުތައް ޝާއިއުކޮށްފައިކަމަށްވާއިރު މަސްދަރެއްގެ ގޮތުގައި ބޭރުގެ ނޫސްތަކަށް ރިއާޔަތްކޮށްފައިވާކަން ފާހަގަކުރެވެއެވެ. އީރާނުގެ ސަރުކާރުގެ ފަރާތުން މިކަމާއި ގުޅިގެން އަދި މައުލޫމާތުތަކެއް އާންމުކޮށްފައިނުވެއެވެ.

ސިސީލިއާ ސަލާ ހައްޔަރުކުރީ ނޫސްވެރިކަމުގެ ވިސާ ނަގައިގެން އީރާނަށް ގޮސް ހުއްޓާ ތިންވަނައަށް ވީ ދުވަހުގައެވެ. އަދި އޭނާ ގައުމުގެ ގާނޫނުތަކާއި ހިލާފުވެފައިވާކަމަށް ބުނެފައިވާއިރު މި އަމަލު އެ ގައުމުން ހިންގީ އިޓަލީގައި ހައްޔަރުކުރި އެ ގައުމުގެ އިންޖިނީރު މުހައްމަދު އަބްދީނީ މިނިވަންކުރުމަށްޓަކައި މުއާމަލާތްތައް ކުރިއަށް ގެންދިއުމުގެ ބޭނުމުގައިކަމަށް އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަބްދީނީ ހައްޔަރުކުރީ ސިސީލިއާ ހައްޔަރުކުރުމުގެ ތިން ދުވަސް ކުރިން އިޓަލީގެ މިލާންގައިކަމަށްވާއިރު އެއީ އެމެރިކާގެ ވޮރެންޓެއްގެ މަތިން ކުރެވިފައިވާ މަސައްކަތްތަކެއްކަމަށް ނޫސްތަކުން ފާހަގަކުރެއެވެ.

އެމެރިކާއިންވަނީ އަބްދީނީގެ އިތުރުން އެހެން އީރާނުގެ ރައްޔިތެއްގެ މައްޗަށް ޖޯރޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދޭން ބޭނުންކުރި ބާވަރުގެ ޑްރޯންތަކާއި ގުޅުން ހުރި މައުލޫމާތުތައް އީރާނަށް ފޯރުކޮށްދެމުންދިޔަކަމުގެ ތުހުމަތުތައް ކޮށްފައެވެ. އެ ހަމަލާގައި އެމެރިކާ ސިފައިންގެ ތިން މީހަކު ނިޔާވެފައިވެއެވެ. އޭނާ އަދިވެސް ހުރީ އިޓަލީގެ ޖަލެއްގައިކަމަށްވާއިރު އެމެރިކާގައި ޝަރީއަތްކުރުމަށްޓަކައި ގެންދިއުމުގެ ކުރިން ގޭބަންދަށް ބަދަލުކޮށްދިނުމަށް އިޓަލީގެ ކޯޓުގައި އެދިފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: