ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުސް އޮފިސަރު ރަޖުނީއަށް އުސޫލުން ބޭރުން ފްލެޓެއް ލިބިފައިވާކަމަށް ތަހުގީގަށް ފާހާގައެއް ނުކުރެވޭ

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ގޯތީގެ މައްސަލައާއި އެކު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކުގެ މައްސަލަ ބެލުމަށް ފަހު އުސޫލާއި ހިލާފުކަމެއް ހިނގާފައި ނެތްކަމަށް ނިންމައިފި އެވެ.

ރަޖުނީގެ ވާހަކަތައް ފެންމަތިވީ، ބިންވެރިޔާ ސްކީމުން ހައްގު ނޫން ބަޔަކަށް ގޯތި ދިން މައްސަލައިގައި ފުލުން ކުރިޔަށް ގެންދާ ޖިނާއީ ތަހުގީގާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި އެކު އެވެ. ތަހުގީގު ކުރިޔަށް ދާ ގޮތުގެ މައުލޫމާތު ރަޖުނީ ވެސް ހިއްސާ ކުރި ޕްރެސްގައި، ފުލުހުންގެ ޖަވާބުތަކާއި މެދު ގިނަ ބަޔަކު ހިތްހަމަނުޖެހުންފާޅު ކުރި އެވެ.

ރަޖުނީއަށް ފްލެޓެއް ލިބުނުކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ދައުރުވާން ފެށީ އޭގެ ޖެހިގެން އައި ދުވަހުއެވެ. އަދި މީޑިއާތަކުން އެ ހަބަރުތައް ގެނައުމާއި އެކު ފުލުހުން ވަނީ، ވަގުތީ ގޮތުން ރަޖުނީ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށް މައްސަލަ ހިނގައިދިޔަ ގޮތް ބަލާފަ އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ބިންވެރިޔާ ސްކީމްގެ ގޯތީގެ މައްސަލައިގައި ޝުއައިބަށް ކުރި ތުހުމަތުތައް ބެލުމަށް ހުރީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި ކަމަށެވެ. އަދި މައްސަލައިގައި ބުނާ ގޮތަށް ފްލެޓެއް ލިބި އުސޫލާއި ހިލާފުކަމެއް ހިނގާފައި ވޭތޯ ބެލުމުގައި، އިދާރާތަކުން ހިއްސާކުރި މައުލޫމާތުތަކުގެ މައްޗަށް އެފަދަކަމެއް ހިނގާފައި އޮތްކަން ފާހަގަކުރެވެން ނެތްކަމަށް ފުލުހުން ބުންޏެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑް އޮފް އިކޮނޮމިކް ކްރައިމްގެ މަގާމު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބަށް، ވިނަރެސް ހައުސިންގ މަޝްރޫއުން އުސޫލާ ހިލާފަށް ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އާންމު މީޑިއާގައި ފެތުރުނު މަޢުލޫމާތާ ގުޅިގެން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުޢައިބު، މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް، ފްލެޓެއް ލިބުމުގައި އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ހިނގާފައިވޭތޯ ކަމާބެހޭ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތައް ދިރާސާކޮށް ބެލިބެލުމުން އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ވާހަކަ ދަންނަވަމެވެ.

ވިނަރެސް ފްލެޓާއި އެކު، ރަޖުނީގެ ބައެއް އާއިލާގެ އެހެން މީހުންނަށް ވެސް ފްލެޓު ލިބިފައިވާކަމަށް ދަނީ ދެކެވެމުންނެވެ.

މައްސަލައިގައި އުސޫލާއި ހިލާފުކަމެއް ހިނގާފައި ނެތްކަމަށް ފުލުހުން ނިންމިކަން ހާމަކުރުމުން، ނޫސްވެރިން ވަނީ ރަޖުނީގެ އަނބިކަބަލުންނަށް ފްލެޓެއް ލިބިފައި ވޭތޯ ސުވާލުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: