ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރީން ލޭންޑަކީ އެމެރިކާގެ ސަރަހައްދުން ބަޔަކަށް ނުވާނެ: ޑެންމާކުގެ ފޮރިން މިނިސްޓަރ

ޑެންމާކުގެ ފޮރިން މިނިސްޓަރު ލާޒް: ފޮޓޯ/ ރޮއިޓާރޒް
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރީން ލޭންޑް މިނިވަން ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެންދިޔަނަމަވެސް އެއީ އެމެރިކާގެ ތަނަކަށް ވެގެން ނުދާނެކަމަށް ޑެންމާކުން ބުނެފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ރިޕޯޓުކުރާގޮތުން ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ލޮކް ވަނީ އެމެރިކާގެ ރައީސްކަމުގެ ހުވާކުރުމަށް ކަނޑައެޅިފައިވާ ޑޮނަލްޑް ޓްރަމްޕު ގްރީންލޭންޑާއި ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވާފައިކަމަށެވެ. އެގޮތުން އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވެއްޖެ ހާލަތެއްގައި ޑެންމާކާއި ވަކިވެގަތުމަށް ފުރުސަތު އޮތްނަމަވެސް އެއީ އެމެރިކާގެ ސަރަހައްދުން ބައެއްގެ ގޮތުގައި ކަނޑައެޅިގެން ނުދާނެކަމަށް ފާހަަގަކުރެއްވިއެވެ. ގްރީން ލޭންޑުގެ ބާރުވެރިކަން ހޯދުމާއި ގުޅޭގޮތުން ޓްރަމްޕާއި ސުވާލުކުރުމުން ހަތިޔާރާއި ބާރުގެ ބޭނުން ނުކުރާނެކަމަށް ވިދާޅުވެފައިނުވާކަން ނޫސްތަކުން ފާހަގަކުރެއެވެ.

މި މައްސަލަ އުފެދުމާއިއެކު ގްރީން ލޭންޑްގެ ލީޑަރުންވަނީ ޑެންމާކުގެ އިސްވެރިންނާއިއެކު މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ. ޖެނުއަރީ 20 ވަނަ ދުވަހުގައި ވެރިކަމުގެ ހުުވާކުރެއްވުމަށް ކަނޑައެޅިފައިވާ ޓްރަމްޕުވަނީ ހަތިޔާރުގެ ބޭނުންކުރުމުގެ އިތުރުން އިގްތިސާދީ ދަތިކުރުންތަކުގެ ބޭނުންތައް ނުހިފާނެކަމަށް ވިދާޅުވުމަށް އިންކާރުކޮށްފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ވަކިން އޮންނަ ރަށުގެ ގޮތުގައި މަޝްހޫރު ގްރީންލޭންޑަކީ ވޭތުވެދިޔަ 600 އަހަރުގެ ތެރޭގައިވެސް ޑެންމާކުން ބައެއްގެ ގޮތުގައި އޮވެފައިވާ ސަރަހައްދެކެވެ. އެހެންނަމަވެސް އެތަނުގައި ދިރިއުޅެމުންދާ 57000 ވަރަކަށް ރައްޔިތުން  އެތަނުގެ ކަންކަން ނިންމަމުންދަނީ އަމިއްލައަށްކަމަށްވާއިރު މިނިވަންކަމަށް މަސައްކަތްތައް ކުރެވެމުންދާކަން ނޫސްތަކުގެ މައުޅޫމާތުތަކުން ފާހަގަކުރެވެއެވެ.

ޑެންމާކުގެ ފޮރިން މިނިސްޓަރު ލާސް ވިދާޅުވީ، ގްރީންލޭންޑުގެ އަމިއްލަ އުންމީދުތަކާއި ތަސައްވުރުތަކެއް ހުރިކަން އެ ގައުމުން ބަލައިގަންނަކަމަށެވެ. އަދި އެކަންކަން ހާސިލުކުރެވިއްޖެ ހާލަތުގައި އެއީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ކަނޑައެޅިގެންދާނެކަމަށެވެ. އެހެންނަމަވެސް އެ އުންމީދުތަކުގެ ތެރޭގައި އެމެރިކާގެ ބައެއްގެ ގޮތުގައި ކަނޑައެޅިގެންދިއުން ހިމެނޭކަމަށް ގަބޫލުނުކުރައްވާކަމަށެވެ. ޗައިނާ އަދި ރަޝިއާގެ ހަރަކާތްތައް އެ ސަރަހައްދުގައި އިތުރުވަމުންދިއުމާއި ގުޅިގެން އެމެރިކާއިން ފާޅުކުރަމުންދަނީ ސައްހަ ކަންބޮޑުވުންތަކެއްކަމަށްވެސް ވިދާޅުވިއެވެ.

ހާރިޖީ ގޮތުން ބޮޑެތި މައްސަލަތަކެއް އުފެދިފައިވާކަމަށް ގަބޫލުނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އަދި އެމެރިކާ ދެމެދުވެސް މުއާމަލާތްތައް ކުރުމަށް ފުރުސަތު ހުޅުވިފައިވާކަމަށާއި އޭގެ ތެރޭގައި އެ ގައުމުގެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ގެނެވިދާނެ ގޮތްތަކާއިމެދު މަޝްވަރާތައް ކުރުން ހިމެނޭކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: