ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީންދޫ އިންޒާރު ނެރެފި

ޝެއާރކޮށްލާ ކަހަލަދޯ؟

މެދުރާއްޖެ ތެރޭގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑު ވާނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ތ އަތޮޅަށް ރީންދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނިމިދިޔަ 24 ގަޑިއިރަށް ބަލާއިރުވެސް ވަނީ ހުދު، އަދި ރީންދޫ ސަމާލު ނެރެފައެވެ. ރީންދޫ ސަމާލު ނެރުމުގެ ކުރިއަށް އޮރެންޖު އިންޒާރު ވެސް މެޓުން ވަނީ ނެރެފައެވެ. އއ އަތޮޅުން ފެށިގެން އދ އަތޮޅަށް އޮރެންޖު އިންޒާރު ނެރެފައިވަނީ ފަތިހު 4:45 އަކުން ފެށިގެން 8:45 ޖެހުމާއި ހަމައަށެވެ. މެޓުން ނެރުނު އިންޒާރުގައި ބުނެފައިވަނީ އެސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ފެން ބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މީގެ ކުރިން ނެރުނު އިންޒާރުތަކަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު އަދި ރީންދޫ ސަމާލު ނެރެފައިވެއެވެ. މާލެ ސަރަހައްދަށް ބަލާއިރު މާލޭގެ މާފަންނު ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ. ރޭ ދަންވަރު ކުރި ވިއްސާރައިގައި ފެންބޮޑު ވެފައިވާތީ އެމްއެންޑީއެފްއިން ވަނީ ފެން ހިންދުމުގެ މަސައްކަތްވެސް ކޮށްފައެވެ. އަދި ބައެއް ސަރަހައްދު ތަކުގައިވަނީ ވެލިބަސްތާ ޖެހުމުގެ މަސައްކަތްވެސް ކޮށްފައެވެ. 10 ވަނަ ދުވަހުގެ 8:00 އަކުން މިއަދުގެ 8:00 ޖެހުމާއި ހަމައަށް އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ މާލެއަށެވެ. އެއީ 130.7 މިލިމީޓަރު ކަމަށް މެޓުން ވަނީ ބުނެފައެވެ.

މިއަދުގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއިއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭއިރު ދެކުނުގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށާއި ގުގުރުން އެކަށީގެންވާ ކަމަށް މެޓުން ވަނި ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ ހުޅަނގު ދެކުނައި ހުޅަނގުން، ދެކުނުގެ އަތޮޅިތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި، އިރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ކަނޑާއި އަދި ރާޅުގެ އުސްމިނަށް ބަލާއިރު ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިިގެ ވަރަކަށް މަޑުވާނެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ރާޅުގެ އުސްމުން ދެކުނުން 2-5 ފޫޓު ހުންނާނެ ކަމަށާއި އުތުރާއި މެދުރާއްޖެ ތެރެއަށް 4-6 ފޫޓު ހުންނާނެ ކަމަށް ވަނީ ބުނެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: