ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖްތަމައުގައި އެންޖީއޯތައް އަދާކުރަނީ މުހިންމު ދައުރެއް: ސާޖިދާ

ރައީސުމްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖްތަމަޢުގައި އެން.ޖީ.އޯތައް އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށް ރައީސުމްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

މަމްސް އެއިޑްގެ 6 ވަނަ އަހަރީ ގާލާ އެންޑް ފަންޑްރައިސިންގް ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ސާޖިދާ ވިދާޅުވީ ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކަށް ވާސިލު ނުވެވި ތިބޭ ފަރާތްތަކާ ހަމަޔަށް ވާސިލުކޮށް ދިނުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެވޭނީ އެން.ޖީ.އޯތަކަށްކަމަށެވެ. އަދި ކޮންމެ ސަރުކާރަކުންވެސް އެން.ޖީ.އޯތަކާ ގުޅިގެން މަސައްކަތް ކުރުމުން ލިބޭނެ ފައިދާތަކާއި ގުޅޭ ގޮތުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސާޖިދާ ވަނީ މުޖްތަމަޢުގެ ތެރެއިން ފެންނަ ނޭދެވޭ ކަންތައްތައް ހުއްޓުވައި، އެންމެންގެ ލާބައަށް މަސައްކަތް ކުރުމުގައި އެން.ޖީ.އޯތަކުން އަދާކުރާ ދައުރަށް ވަނީ ބައްލަވައިލައްވައިފައެވެ. އަންހެނުންނަށް ކުރާ އަނިޔާތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްކޮށްދީ، އަންހެނުން ބާރުވެރިކުރުވުމުގެ ވާހަކަ ދައްކާއިރު، ޢަމަލީ ގޮތުން މިކަން ހާޞިލްކުރެވޭނީ މިފަދަ އެން.ޖީ.އޯތަކަށް މުޖްތަމަޢުގައި ދެވޭ މަގާމާއި ހަައިސިއްޔަތު ވަރުގަދަ ކޮށްގެންކަމުގައި ސާޖިދާ ވިދާޅުވިއެވެ.

މި ޙަފްލާގައި، މަމްސް އެއިޑު އުފެދި، މި ވޭތުވެދިޔަ 6 އަހަރު ދުވަހުގެ ތެރޭ ޖަމިއްޔާއިން ކުރި މުހިންމު މަސައްކަތްތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ. އަދި މަމްސް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ ސްޕޮންސަރުންނާއި ޕާޓްނަރުންގެ އަގުވަޒަންކުރިއެވެ. 2025 ވަނަ އަހަރުގެ މުހިންމު ޙަރަކާތެއްގެ ގޮތުގައި، “ފަންޑް ރެއިޒަރ ފޮރ ހޯޕް ފޮރ މަމްސް ކެމްޕެއިން”ވެސް މި ޙަފްލާގަައި އިފްތިތާޙު ކުރިއެވެ. އަދި މަމްސް އެއިޑުން މިއަހަރަށް ކަނޑައެޅި “2025 އިމްޕެކްޓް ޕާޓްނަރުން“ވެސް އިޢުލާނު ކުރިއެވެ. މަމްސް އެއިޑަށް ކޮށްދިން ޚިދުމަތް ފާހަގަކޮށް، އެ ޖަމްޢިއްޔާގެ 5 މެންބަރަކަށް މި ޙަފްލާގަައި ވަނީ ހަނދާނީ ފިލާ އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: