ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ 6 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ފެން ހިންދަނީ

އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ޙަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މާލޭގެ 6 ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ވެސްޓްޕާކް 7 ޕަމްޕް، އައިޖީއެމްއެޗް ސަރަހައްދު 3 ޕަމްޕް، މާފަންނު ފެރީ ޓާމިނަލް 3 ޕަމްޕް، ކުޑަކުދިންގެ ބަގީޗާ 1 ޕަމްޕް އަދި ބައެއް އިތުރު ސަރަޙައްދުތަކުގައި ބެހެއްޓިފައިވާ ޕަމްޕުތަކެވެ.

އެމްއެންޑީއެފުން ބުނީ، ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އާއި ހަމައަށް 19812 ޓަނު ގެ ފެން ހިއްކިފައިވާ ކަމަށެވެ.

މީގެއިތުރުން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން މިހާތަނަށް 104 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީ، 528 ވެލިބަސްތާ ޖަހައިދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: