ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު އެސްޓޯނިއާއަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިޒް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި އަންނަ ހޯމަ ދުވަހު އެސްޓޯނިއާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މި މަހުގެ 13 ވަނަ ދުވަހު ރައީސް ޑރ. މުއިއްޒު އެސްޓޯނިއާއަށް ކުރެއްވުމަަށް ހަމަޖެހިފައި ވަނީ ތާރިޙީ ދަތުރުފުޅެއް ކަމަށެވެ. އަދި މިދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް ޑރ. އަލަރް ކަމާރު ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ވެސް ވިދާޅުވިއެވެ.

އެސްޓޯނިއާއަށް ކުރައްވާ މި ދަތުރުފުގެ މަގުސަދަކީ އެސްޓޯނިއާއާ އެކު ޕާޓްނާޝިޕްތައް ބިނާކޮށް ޑިޖިޓަލް، ސައިބާ އަދި އީ-ގަވަރނަންސް ދާއިރާއާއި މޫސުމާއި ތިމާވެށީގެ މައްސަލަތަކާއި ސައިންސާއި ތައުލީމީ ދާއިރާއިން އެ ގައުމުތަކުގެ ތަޖުރިބާއިން ޢިބްރަތް ޙާޞިލުކުރުންކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެސްޓޯނިއާއިން ޢާންމު ޚިދުމަތުގައި ޓެކްނޮލޮޖީގެ ޒަމާނީ ބޭނުންހިފުމަކީ އިނޮވޭޝަނާއި ކުރިއެރުމަށް ނަމޫނާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު، އެސްޓޯނިއާގެ ރައީސް ޑޮކްޓަރ ކާރިސްއާއި، އެސްޓޯނިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ އިތުރުން، އެސްޓޯނިއާގެ ތަޢުލީމާއި، މޫސުމާއި، ޞިއްޙީ އަދި ޑިޖިޓަލް އެފެއާޒް ދާއިރާ ތަމްސީލްކުރައްވާ ވަޒީރުންނާ ބައްދަލުކުރައްވާނެ އެވެ. އަދި މި ބައްދަލުވުމުގައި އެސްޓޯނިއާގެ ޢިލްމާއި ތަޖުރިބާގެ ފައިދާ ރާއްޖެއަށް ހޯދޭނެ ގޮތްތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، ހީނާ ވިދާޅުވީ، އެސްޓޯނިއާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫއަށް ވެސް ރައީސް ޒިޔާރަތް ކުރައްވާނެކަމަށެވެ. އަދި ޓާޓޫ ޔުނިވާސިޓީ އާއި އެސްޓޯނިއަން ޖީނޯމް ޑޭޓާބޭސް ސެންޓަރާއި ގްރީނާޖީ ޑޭޓާ ސެންޓަރަށް ޒިޔާރަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ދަތުރުފުޅަކީ ރާއްޖެ އަކީ ޑިޖިޓަލް ލީޑަރަކަށް ހެދުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާ ގުޅިފައިވާ ދަތުރެކަމަށައާއި އަދި އެމަނިކުފާނުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ޖީޑީޕީގެ 15 އިންސައްތަ ހިއްސާކުރާ ޑިޖިޓަލް އިޤްތިޞާދެއްކަމަށް ހީނާ ވިދާޅުވިއެވެ.

މީގެއިތުރުން އަމާޒަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ އަކީ ކުރިއަރާފައިވާ ޤައުމަކަށް ބަދަލުކުރުންކަމަށް ހީނާ ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރާއްޖޭގެ ޓެކް ކޮމިއުނިޓީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ޑރ. މުއިއްޒުގެ ޒާއްމަތުގައި ގިނަ ގައުމުތަކާއި މުއާހަދާތަކުގައި ސޮއި ކުރައްވާ އަދި ގުޅުން ބަދަހިކުރައްވެއްވުމަކީ، އެ މަނިކުފާނުގެ ވައުދުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: