ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތްތައް ކައުންސިލުން ކުރީ ޒިންމާދާރުކަން ކުޑަކޮށް: މުއްތަލިބު

މާފަންނު ސަހަރާގައި ކައުންސިލުން ކޮށްފައިވާ މަސައްކަތްތައް: ފޮޓޯ/ މުއްތަލިބު
ޝެއާރކޮށްލާ ކަހަލަދޯ؟

މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތްތައް މާލެ ސިޓީ ކައުންސިލުން ކޮށްފައިވަނީ ޒިންމާދާރުކަން ކުޑަ ގޮތަކަށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މާފަންނުގައި ގާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ މައުލޫމާތު ހިއްސާކޮށް ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ މުއްތަލިބު ވަނީ މާލެ ސިޓީ ކައުންސިލާއި އެ ކައުންްސިލުން މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތްތައް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރުން މަސައްކަތްތައް ޒިންމާދާރުކަން ކުޑަ ގޮތެއްގެ މަތިން ކުރިއަށް ގެންގޮސްފައިވާކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިނިސްޓަރ ވިދާޅުވީ، ކައުންސިލާއި ކޮންޓްރެކްޓަރުންވަނީ އެ ތަނުގައި ގާއިމުކޮށްފައިހުރި ފެން ހިންދާ ނިޒާމު އެއްކޮށް ރޫޅާލާފައިކަމަށެވެ. އަދި އެއީ މާލޭގެ ހުޅަނގު އިތުރަށް ހިދުމަތް ދިނުމުގެ ގޮތުން ގާއިމުކޮށްފައިވާ ނިޒާމެއްކަން ހިއްސާކުރެއްވިއިރު ކައުންސިލުން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މިނިިސްޓްރީއަށް އެންގުމެއް ނެތިކަމަށް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ކައުންސިލުގެ މި އަމަލުގެ ސަބަބުން އެ ސަރަހައްދުގައި ވަރަށް ބޮޑަށް ފެންބޮޑުވުމަށް ދިމާވެފައިވާކަމަށާއި މިނިސްޓްރީއިންދަނީ މި ހާލަތުން އަރައިގަތުމަށްޓަކައި ޕަމްޕު ސްޓޭޝަން އަލުން ހިންގޭ ހާލަތަށް ގެނައުމަށްޓަކައި މަސައްކަތްކުރަމުންކަމަށެވެ. އިތުރު ޕޯސްޓެއްގައި މިނިސްޓަރވަނީ އެ ޕަމްޕު ސްޓޭޝަނުން ފެން ހިންދައިދެމުން ދިޔަ ސަރަހައްދަށް އަލިއަޅުއްވާފައެވެ. އަދި މިފަދަ ސްޓޭޝަންތައް މަސައްކަތްކުރަމުންދާކަން ކަށަވަރުކުރުމުގެ ގޮތުން މިނިސްޓްރީއިން ގަވައިދުން އިންސްޕެކްޝަން މަސައްކަތްތައް ކުރިއަށް ގެންދާކަމަށް ވިދާޅުވިއެވެ.

މުއްތަލިބު ވިދާޅުވީ، ނިމިދިޔަ ހަފްތާގައިވެސް އެ ސްޓޭޝަން ބަރާބަރަށް މަސައްކަތްކުރާކަމަށާއި އެ ސަރަހައްދު ކޮންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރުން މުހިންމުކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، އެ ޕަމްޕު ސްޓޭޝަން ގާއިމުކުރުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި އެ ތަނުގައި ވަޅުލާފައިހުރި މީހުންގެ ކަށިތައް ނަގާލުމުގެ މަސައްކަތްތައް ކުރެވިފައިވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: