ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަލޭގެ ގެސްޓްހައުސްއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ގެސްޓްހައުސް އެެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނުނީ އައްޑޫސިޓީ، ހުޅުދޫ، ބޯކަރުމާގެ، އަބްދުﷲ ޒަކީ، 59 އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގަައި ފުލުހުން ބުނީ މާލެ، ހެންވޭރުގައި ހިންގާ ގެސްޓް ހައުސްއެއްގެ ފަހާނައިގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިފޯޓް މިއަދު މެންދުރު 2:04 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް ހޮސްޕިޓަލުން މައުލޫމާތު ލިބުނުކަމަށް ބުނިއެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށްވެސް ފުލުހުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: