ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރުގެ ފުރަތަމަ ކްރޫޒް ލައިނަރ ރާއްޖެ އައިސްފި

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ ކްލިއަރެންސް މަސައްކަތްތަކުގެ ތެރެއިން: ފޮޓޯ/ އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މި އަހަރުގެ ފުރަތަމަ ކްރޫޒް ލައިނާރ ރާއްޖެ އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދީފައިވާގޮތުން އެ މުއައްސަސާއިންވަނީ ކްރޫޒް ލައިނާރ އިން ރާއްޖެއަށް އައި ފަތުރުވެރިންނަށް އެންރޫޓް ކްލިއަރެންސް ދިނުމުގެ މަސައްކަތްތައް ނިންމާލާފައެވެ.

މި މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އެ މުއައްސަސާގެ ސީޕޯޓް ޑިވިޝަންގެ އޮފިސަރުންކަމަށްވާއިރު 216 ފަސިންޖަރުންނަށް ކްލިއަރެންސް ދީފައިވާކަމަށްވެސް ހިއްސާކޮށްފައިވެއެވެ.

ފަސިންޖަރުންގެ އިތުރުން އެ އުޅަނދުގައި ދަތުރުކުރި 416 ކްރޫ މެމްބަރުންގެ އެންރޫޓް ކްލިއަރެންސް މަސައްކަތްތައްވެސް ކުރިއަށް ގެންދިޔަކަން އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

ރާއްޖެއަށް މި އަހަރު އެންމެ ފުރަތަމަ އައިސްފައިވަނި ކްރިސްޓަލް ސިމްފަނީ ކިޔާ ކްރޫޒް ލައިނަރެއްކަމަށްވާއިރު މިއީ ސީޝެލްސްއިން ރާއްޖެއަށް އައިސްފައިވާ އުޅަނދެއްކަން ހިއްސާކޮށްފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: