ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑޫރޯ ތިންވަނަ ދައުރަކަށް ވެނެޒުއޭލާގެ ރައީސްކަމުގެ ހުވާކުރައްވައިފި!

ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބު ވަގަށް ނެގިކަމުގެ ތުހުމަތުތައް ކުރެވިފައިވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަޑޫރޯ އައު ދައުރަށް ހުވާކުރައްވައިފިއެވެ.

ބައިނަލައަގުވާމީ ނޫސްތަކުން ބުނާގޮތުން ރައީސްކަމުގެ ހުވާ ކުރައްވާފައިވާ މާޑޫރޯ އޭނާގެ ވެރިކަން ދިގު ދައްމާލާފައިވަނީ އެމެރިކާ އަދި އެހެނިހެން ގިނަ ފަރާތްތަކަކުންވެސް އޭނާ އިންތިހާބު ވަގަށް ނަގާފައިވާކަމުގެ ތުހުމަތުތައް ކުރަމުންދަނިކޮށެވެ. އަދި އެ ގައުމުގައި ގިނަ އަދަދެއްގެ މީހުން މިކަމާއި ގުޅިގެން މުޒާހަރާވެސް ކުރަމުންދާކަމަށް ބުނެފައިވެއެވެ.

އޭނާ ހުވާކުރެއްވީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައިކަމަށްވާއިރު އެތަން އޮތީ ސެކިއުރިޓީ ވަރުގަދަ ކުރެވިފައިކަމަށާއި މިވަގުތު ވެރިކަމުގެ ބާރުތައް ދަމަހައްޓަމުންދަނީ އަސްކަރީ އެހީގައިކަމަށް ފެނިގެންދާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. ގިނަ ބަޔަކު އޭނާ އާއި ދެކޮޅަށް އަޑުއުފުލިނަމަވެސް ސަޕޯޓަރުންވަނީ އެ ސަރަހައްދަށް ޖަމާވެ އޭނާއަށް އޮތް ތާއީދު ދައްކާލުމުގެ ގޮތުން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިކަންވެސް ފާހަގަކުރެއެވެ.

ވަރުގަދަ ނުފޫޒަކާއި ކުރިމަތިލައިގެން މޮޅުވެފައިވާކަމަށް ސިފަކުރަމުންދާ މަޑޫރޯވަނީ އޭނާގެ ވާދަވެރިންނާއި އެވެރިންގެ ސަޕޯޓަރުންނަށް ހުވާކުރުމުގެ ރަސްމިއްޔާތު ހަނގުރާމައިގެ މައިދާނަކަށް ބަދަލުކޮށްލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތުކުރައްވާފައެވެ. އަދި އަދި ތިން ވަނަ ފަހަރަށް ހަ އަހަރުގެ ދައުރަކަށް ހުވާކުރެއްވި ރަސްމިއްޔާތު ހުއްޓުވާލުމަށް ފެއިލްވެފައިވުމަކީ ވެނެޒުއޭލާގެ އަމަންކަމަށާއި ސިޔާދަތަކަށް ލިބުނު ބޮޑު ކާމިޔާބީއެއްކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ވެރިކަމަށް ވަޑައިގެންނެވީ އެމެރިކާގެ ބާރުގައި ނޫންކަމަށާއި އެކަން ކުރެއްވީ ޕްރޯ އިމްޕީރިއަލިސްޓް ލެޓިން އެމެރިކާގެ ބާރުވެރިކަމުގައިވެސް ނޫންކަމަށެވެ. އަދި އޭނާއަކީ ރައްޔިތުންގެ ފަރާތުން އައިސްފައިވާ މީހެއްކަމަށާއި ބާރުވެރިކަން ހާސިލުކުރެވިފައިވަނީވެސް އެމީހުންގެ ކިބައިންކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ޝުކުރެއްވެސް ހައްގުވަނި ރައްޔިތުންނަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: