ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްގެ ރައީސްއަކަށް ހުންނެވި ހަސަން ލަތީފްވެސް އެމްޑީޕީއަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ފުރުއްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން، ހަސަން ލަތީފް އަލުން އެމްޑީޕީއާ ރަސްމީކޮށް ގުޅިއްޖެއެވެ.

އެމްޑީޕީގެ ރަސްމީ އެކްސް އެކައުންޓުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޕާޓީގެ ކުރީގެ ޗެއަރޕާސަން ހަސަން ލަތީފް އާއި ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަލުން މި ޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ދަންނަވާ ކަމަށެވެ. 

ޑިމޮކްރެޓްސް އުފެއްދި ބައެއް މެންބަރުން، އޭގެ ތެރޭގައި މުޙައްމަދު ޝިފާޒް (ޝިއްޕޭ)، ޢަލީ ޢާޒިމް، އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ފަދަ ބޭފުޅުން ހިމެނޭގޮތަށް، އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެންފައިވެއެވެ.

އެމްޑީޕީން ވަކިވި ބައެއް މެންބަރުންނަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވުމުގެ ސަބަބުން ފިޔަވަޅު އެޅިފައިވާ މެންބަރުންނެވެ. މިސާލަކަށް، ކުރީގެ މަޖިލިސް މެންބަރު ޢަލީ ޢާޡިމަކީ ”ފިކުރެއްގެ ދިރުން“ މަސައްކަތުގައި ބައިވެރިވުމުގެ ސަބަބުން ފިޔަވަޅު އަޅައި ޕާޓީން ވަކިކުރެވުނު މެންބަރެކެވެ.

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވި ގޮތުގައި، ފިޔަވަޅު އެޅާފައިވާ މެންބަރުންގެ އަދަބުތައް މަޢާފުކޮށްދީފައިވަނީ ޕާޓީގެ މަސައްކަތްތައް އަވަސްކޮށް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައެވެ. މިއީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުން ނިންމި މުހިންމު ނިންމުމެއް ކަމުގައި ފައްޔާޒް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: