އެވިޑް ކޮލެޖުގެ ޖެނުއަރީ އިންޓޭކްގެ މުއްދަތު މިމަހުގެ 25 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ.
ސަންގު ޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި އެވިޑް ކޮލެޖުގެ ފަރާތުން މައުލޫމާތު ދެއްވަމުން ބުނެފައިވަނީ ޖެނުއަރު އިންޓޭކަށް ރަޖިސްޓަރ ވުމަށް ހުޅުވާލީ ޑިސެމްބަރު މަހުގެ ފަހުކޮޅުގައި ކަމަށާއި އަދި އެކަމަށް ރަނގަޅު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ކޯސްތަކާއި ޕްރޮގްރާމްތަކަށް ރަޖިސްޓަރ ވާން ބޭނުންވާނަމަ ވެބްސައިޓުގައި އިންނަ ފޯމު މެދުވެރިކޮށް ކޯސްތަކަށް އެޕްލައި ކުރެވޭނެ ކަމަށް އެވިޑުން ވަނީ ބުނެފައެވެ.
އެވިޑުން ބޭރުގެ ޕްރޮގްރާމްތައްވެސް ތައާރަފްކޮށްފައިވާ ކަމަށާއި، ރާއްޖޭގައި ތިބެގެން އިންޓަރނޭޝަނަލް އަދި ޕްރޮފެޝަނަލް ޕްރޮގްރާމްތައް އިތުރަށްވެސް އަތާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެވިޑުން ވަނީ ބުނެފައެވެ. އެވިޑްގެ އެންމެ ފާހަގަކުރެވޭ ޕްރޮގްރާމަކީ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ޕްރޮގްރާމްތައް ކަމަށް ވަނީ ބުނެފައެވެ.
އޭގެތެރެއިން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ތިން ޕްރޮގްރާމެއް އެވިޑް ކޮލެޖުގައި ތައާރަފް ކޮށްގެން ކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފައެވެ. އެގޮތުން މާސްޓާސް އޮފް ޑިގްރީ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބެޗެލާސް އޮނާސް އިން ބިޒްނަސް ސްޓަޑީޒް އަދި ބެޗެލާސް އޮނާސް އިން އެކައުންޓިންގ އެންޑް ފައިނޭންސް ކުރިއަށް ގެންދާ ކަމަށް ވަނީ ބުނެފައެވެ.
އެވިޑުން ބުނެފައިވަނީ މިފަދަ ޕްރޮގްރާމް ތަކަކީ އަމަލީ ތަޖުރިބާ އަދި އެކަމެއްގެ ފުރަހަމަ މައުލޫމާތުތައް ލިބޭނެ ޕްރޮގްރާމްތަކެއް ކަމަށެވެ. އެވިޑުން ބުނެފައިވަނީ ލޯކަލް އެމްބީއޭ އެއް ހަދައިފައިވާ ކުއްޖެއްވިޔަސް އިންޓަރނޭޝަނަލް އެމްބީއޭ ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެއީ ޕްރޮގްރާމްގައި ހިމެނޭ މޮޑިއުލް ތަކާއި އަދި ކަރިކިއުލަމް ޑިޒައިން ކޮށްފައިވަނީ ހަމައެކަނި ނޮލެޖު ނުވަތަ ތިއަރީއަށް ނޫން ކަމަށާއި ސްކިލްއަށާއި ޕްރެޓިކަލީ އިމްޕްލިމެންޓް ކުރާނެ ގޮތްވެސް ކިޔައިދޭކަމަށް ވަނީ ބުނެފައެވެ.

