ހުޅުމާލޭގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި އެވެ.
ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަތުލައިގަތުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ގިނަ ތަންތަނަށް ރެއިޑުކޮށް ޑީޕޯޓު ކުރި މީހުންގެ އަދަދު 5000 އިން މައްޗަށް އަރައެވެ.
އެންމެ ފަހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު ދެމުން އިމިގްރޭޝަނުން ބުނީ، ހުޅުމާލޭ، ފޭސް އެކެއްގެ އެކި ސަރަހައްދުތަކުގައި ގަވާއިދާއި ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީންނަށް އަމަޒުކޮށް ޓާސްކްފޯހުން ރެއިޑްއެއް ކުރިއަށް ގޮންސްފައިވާ ކަމަށެވެ.
މި ރެއިޑުގައި 14 ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާއި ހިލާފަށް އުޅެމުން ދިޔަ 6 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ގަވާއިދާއި ހިލާފަށް ވިސާއެއް ނެތި ރާއްޖޭގައި މަސައްކަތް ކުރަމުންދާ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަންތައް މި އަހަރު ވަރުގަދަ ކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފަ އެވެ.

