ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެ: މެޓް އޮފީސް

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސް
ޝެއާރކޮށްލާ ކަހަލަދޯ؟
ރާއްޖެއަށް ބޯވިއްސާރަވިލާ އުފެދުމުގެ ފުރުސަތު ބޮޑުވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިން މިއަދު އިންޒާރު ދީފިއެވެ.

މެޓް އޮފީހުން ދިން މަޢުލޫމާތުގައިވާ ގޮތުން، ރާއްޖޭގެ އިރުން ހުޅަނގުދެކުނު ބޭ އޮފް ބެންގަލްގައި ކޮޅިގަނޑެއް އުޮޅިގަނޑެއް އުފެދިފައިވާކަމަށް ފާހަގަކޮށްފައިވެއެވެ. މި ކޮޅިގަނޑުގެ ސަބަބުން، މިއަންނަ 13 ޖަނަވަރީން 18 ޖަނަވަރީ 2025 އާ ދެމެދު ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.

މީގެ އިތުރުން، މި މުއްދަތުގައި އާންމު ވައިގަދަވެ، ކަނޑުވެސް ގަދަވާނެކަމަށް މެޓް އޮފީހުން އަންދާޒާކޮށްފައިވެއެވެ. ޚާއްޞަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ފޯރާނެ ކަމުގެ ފުރުޞަތު އޮތްކަމަށްވެސް މެޓް އޮފީހުން ވަނީ އިންޒާރު ދީފައެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި، މޫސުމަށް ފަރުވާތެރިވެ، އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކާއި މަސްވެރިން ވަކިން ޚާއްޞަކޮށް ސަމާލުވުމަށާއި، މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށް މެޓް އޮފީހުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޒިޔާރަތްކުރުމަށް މެޓް އޮފީހުން ވަނީ އާންމުންނަށް އިރުޝާދު ދީފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: