އޮޑިދޯނިފަހަރަށް ބޭނުންވާ ހުރިހާ ސާމަނަކަށް ޑިސްކައުންޓް ލިބޭގޮތަށް ކުރިއަށްދިޔަ އެމްޓީސީސީ ކަށަވަރު ޕްރޮމޯގެ ނަސީބުވެރި ފަރާތަށް އިނާމު ޙަވާލުކޮށްފިއެވެ.
އެމްޓީސީސީން ބުނެފައިވަނީ ޔަންމަރ 50 ބެހިގެންދަނީ 2 ޕޯޝަނަކަށް ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ 1 ނޮވެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ.
މި ޕްރޮމޯގައި ވިއްކާފައިވާ ހުރިހާ ސާމާނެއްގައިވެސް ޑިސްކައުންޓުތައް ހިމަނާފައިވެއެވެ. އެގޮތުން ޔަންމާ އިންޖީނު ސުޒުކީގެ އެކި ސާމާނާއި ސެޕެއަރ ޕާޓްސްވެސް ލިބިގެން ގޮސްފައިވެއެވެ.
މި ޕްރޮމޯގެ ދަށުން ކޮންމެ 5000 ރުފިޔާއަކުން މަތިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ކޫޕަނެއް ދީފައިވާއިރު، ކޫޕަން ބޭނުންކޮށްގެން ގުރުވަތުން ހޮވޭ ފަރާތްތަކަށް މިހާރު ވަނީ ސުޒުކީ އައުޓް ބޯޑް އިންޖީނު ޙަވާލުކޮށްފައެވެ.
މި ލަކީޑްރޯގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އެންޓްތެކް ހޯލްޑިންގް އެވެ.

