ބޭންކް އޮފް މޯލްޑިވްސް ސްޓާޓަޕް ގްރާންޓްގެ އެހީގައި ނަޒާ ހެލްތު ރިހިބިލިޓޭޝަން ސެންޓަރު ހުޅުވައިފިއެވެ.
ނަޒާ ހެލްތަކީ 2023 ވަނަ އަހަރު ބީއެމްއެމްއެލް ސްޓާޓަޕް ފަންޑު ހޯދި ސަންފާ ނަޒާހަތް އަހުމަދު، ޅ. ނައިފަރުގައި ގާއިމުކުރި ފިޒިކަލް ރިހެބިލިޓޭޝަން ސެންޓަރެކެވެ.
މި ސެންޓަރުން، ޖިސްމާނީ ނުކުޅެދުންތެރިން ހުންނަ މީހުންނަށާއި އެކިކަހަލަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންނަށާއި ސްޕޯޓްސް ރިހެބިލިޓޭޝަނާއި ނިއުރޮލޮޖިކަލް ރިހެބިލިޓޭޝަން އަދި އަންހެނުންނަށް ހާއްސަ ފިޒިކަލް ރިހެބިލިޓޭޝަން ފަދަ އެކި ހިދުމަތްތައް ލިބޭނެއެވެ.
މިދިޔަ އަހަރަކީ ބީއެމްއެލް ސްޓާޓަޕް ފަންޑު ވިދިވިގެން ދިން ތިންވަނަ އަހަރެވެ.
މި ގްރާންޓުގެ ދަށުން އުފެދެމުން އަންނަ ވިޔަފާރިތަކަށް ވިޔަފާރި ފަށައި ކުރިއެރުވުމަށް 500،000 ރުފިޔާގެ ހިލޭ އެހީ ފޯރުކޮށްދެއެވެ.

