ސޯޝަލް މީޑިއާގެ ވަސީލަތްތަކެއްކަމަށްވާ ޓިކްޓޮކް އަދި ޓްވިޓަރ ބޭން ކުރަން ސަރުކާރުން ނިންމާފައިވާކަމަށް ބުނެ ދެކެވެމުންދަނީ ޙަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ޓްވިޓަރ އަދި ޓިކްޓޮކް ބްލޮކް ކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް އަޅަމުންދާ ހުރަސްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެކަންކަމާހުރެ މިއަދު ރައްޔިިތުންނަށް މި ވެރިކަން ކަމުނުދާކަމަށް ޝާހިދު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ”ސަންގު“ އާ ވާހަކަ ދައްކަވަމުން އިޙްސާން ވިދާޅުވީ، މި ސަރުކާރުން ޓިކްޓޮކް އަދި ޓްވިޓަރ ބޭން ކުރަން މަސައްކަތް ކުރަމުންދާކަމަށް ބުނެ ދައްކަމުންދަނީ ހަގީގަތާ ޚިލާފު ބުހުތާނު ދޮ ގު ވާހަކައެއް ކަމަށެވެ. އެފަދަ އެއްވެސް ނިންމުމެއް ސަރުކާރުން ނިންމާފައިނުވާކަން ފާހަގަ ކުރައްވައި އިޙްސާން ވިދާޅުވީ، މި ސަރުކާރުން ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅާނެ ކަމަށެވެ.
އޭގެ އިތުުރުން، ދައުލަތުގެ މަޤާމުތައް ފުރުއްވާފައިވާ ފަރާތްތަކުން ވާހަކަ ދައްކަވާއިރު، ޒިންމާދާރުކަން ކުޑަކޮށް ވާހަކަ ނުދެއްކެވުމަށާއި، ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް އޮޮޅޭގޮތަށް ވާހަކަ ނުދެއްކެވުމަށްވެސް އިޙްސާން އިލްތިމާސް ކުރެއްވިއެވެ.

