ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯކޮށް ވިއްސާރަކުރާނެކަމަށް ލަފާކޮށް، ގެއްލުންތައް ކުޑަކުރުމަށް ޓާސްކް ފޯހެއް

ފުލުސް ކޮމިޝަނަރު އަލީ ޝުޖާއު/ ފޮޓޯ: މިރާ އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ފަސް ދުވަހު ބޯކޮށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް ގެއްލުންތައް ކުޑަކުރުމަށް ޓާސްކް ފޯހެއް އެކުލަވާލައިފިއެވެ.

މިކަން ހާމަކުރީ ފުލުހުންނާއި އެމްޑީއެފްއާއި އެންޑީއެމްއޭ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މިކަމާއި ގުޅޭ މައުލޫމާތުދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ މި ޓާސްކް ފޯސް އެކުލަވާލީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިރުޝާދުފުޅުގެ މަތިންކަމަށެވެ.

ރައީސް ދެއްވި އިރުޝާދުގެ ތެރޭގައި ބޮޑަށް ގެއްލުން ލިބޭނެ ކަމަށް ލަފާކުރެވޭ ރަށްރަށުގައި ފެން ހިންދުމުގެ އިތުރުން، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭކަމަށް ޝުޖާއު ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް 24 ގަޑިއިރު ފުލުހުންނާއި ސިފައިން ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެވޭ މިންވަރަށް ސިފައިންނާިއ ފުލުހުން ގާއިމް ކުރެވިގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އެންޑީއެމްއޭގެ ޗީފް އެކްޒެކިއުޓިޗް ހިސާން ހަސަންވެސް ވަނީ މި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވާފައެވެ. އޭނާ ވިދާޅުވީ މޫސުމާ ބެހޭ އިދާރާއިން މިއަދުން ފެށިގެން މި މަހުގެ 18 އަށް ނެރެފައިވާ މޫސުމީ އެލާޓާ ގުޅިގެން އެ އޮތޯރިޓީގެ އެމަޖެންސީ އޮޕަރޭޝަންސް އެކްޓިވޭޓްކުރެވި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތައްޔާރުވުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: