ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިއްސާރައިން ދުރާލާ ތައްޔާރުވުމަށް ފެނަކައިގެ ޚިދުމަތްދޭ ރަށްރަށުގައި އީއާރުޓީ އެކުލަވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކައިގެ ހިދުމަތްދޭ 151 ރަށެއްގައި އިމަރޖެންސީ ރެސްޕޮންސިވް ޓީމް އެކުލަވައިލައިފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ނެރެފައިބާ ބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށެވެ.

އެހެންކަމުން ދިމާވެދާނެ ކަންކަމަށް ދުރާލާ ތައްޔާރު ވުމަށް ފެނަކައިގެ ބްރާންޗް ތަކުގައި އެކުލަވާލެވިފައިވާ ކުއްލި ހާލަތްތަކަށް އިޖާބަދޭ ޓީމްތައް ރަށްރަށުގައި ހަރަކާތްތެރިވާ މުއައްސަސާތަކާއި ގުޅިގެން ހަރަކާތްތެރިވުމަށް ތައްޔާރީ ހާލަތުގައި ތިބި ކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން އެކުލަވާލައިފައިވާ ޓީމްތަކުގައި ޖުމްލަ 2311 މެމްބަރުން ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އެހެންކަމުން މިފަދަ ކޮންމެ ހާލަތެއްގައިވެސް ރައްޔިތުންނާއި ގާތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަންދޭ ކަމަށް ބަޔާނުގައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: