ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަކީ ދަރިއެއް ފަދަ ޕާޓީއެއް، އެ ޕާޓީ ވަރުގަދަވެ އޮތުމަކީ އަބަދުވެސް އެދޭ ގޮތް: ނަޝީދު

އެމްޑީޕީގެ ކޮންގްރެސްގައި ރައީސް ސޯލިހާއި، ރައީސް ނަޝީދު އަދި ޝިފާޒް އާއި ފައްޔާޒް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް ސިޔާސީ ޕާޓީއަކާއި އިދިކޮޅު ނުވާނެ ކަމަށާއި، އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބޮޑު ބައެއް ހޭދަކުރީ ދިވެހިރާއްޖައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ގާއިިމްކުރުމުގެ މަސައްކަތުގައި ކަމަށެވެ. ގައުމެއްގެ ތަރައްގީއަށް، ރައްޔިތެއްގެ ތަނަވަސްކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ކަމަށް ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ 2008 ގެ އިންތިހާބަށް ފަހު ސަރުކާރުގެ އާމްދަނީ އިތުރުވެދިޔަ މިންވަރުން އަދި އެ އާމްދަނީން ކުރެވުނު އުމްރާނީ މަސައްކަތާއި ރައްޔިތުންނަށް ހޯދާ ދެވުނު އިޖުތިމާއީ ރައްކާތެރިކަން ބުނެދެނީ ގިނަ ޕާޓީ އެކުލެވޭ ނިޒާމުގެ ފައިދާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާއި އިދިކޮޅުވާނެ ބޭފުޅެއް ނޫން ކަމަށެވެ. އެމްޑީޕީއަކީ އެމަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ފަހުން ބައިވެރިވެވަޑައިގަތް ޑިމޮކްރެޓްސްއަކީ ހާއްސަގޮތެއްގައި ޒުވާނުންނަށް ސިޔާސީ މަސައްކަތުގައި ބައިވެރިވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އެެހެންނަމަވެސް އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި އެއްވެސް އަމަލީ މަސައްކަތެއް މިވަގުތު ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސިޔާސީ ހަރަކާތްތަކުން މުޅިން ދުރުވާންވެސް ބޭނުންވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު އެމަނިކުފާނު އެންމެފަހުން މަސައްކަތް ކުރެއްވި ޕާޓީ، ޑިމޮކްރެޓްސްގައި އުޅުއްވި މެމްބަރުން ވަނީ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެންފައެވެ. އެ މެމްބަރުންގެ ތެރޭގައި މުޙައްމަދު ޝިފާޒް (ޝިއްޕޭ)، ޢަލީ ޢާޒިމް، އަދި އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު އަދި ކުރީގެ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހަސަން ލަތީފް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: