ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2017ގައި ގޮއްވާލަން އުޅުނު ބޮމުގެ މައްސަލަ އަލުން ބަލަން އަންގައިފި

ދިވެހިރާއްޖޭގެ ހައިކޯޓު --- ފޮޓޯ މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2017 ވަނަ އަހަރު ޖުމްހޫރީ ޕާޓީގެ ޖަގަހަ ކުނޫޒުގައި އައިއީޑީ ބޮމެއް ގޮއްވާލަން ރޭވި ކަމަށް ބުނެ 4 މީހެއްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އަލުން ބަލަން ހައިކޯޓުން އަންގައިފިއެވެ.

މި މައްސަލައިގައި 2022 ވަނަ އަހަރު ދައުވާއަށް ގެނެސްފައިވާ ބަދަލު ހައިކޯޓުން ބާތިލުކޮށް، 2017 ގެ އަސްލު ދައުވާއަށް އަނބުރާ ދިއުމަށް ވަނީ އަންގާފައެވެ. ހައިކޯޓުން މިގޮތަށް ނިންމާފައިވަނީ ދައުވާ ބަދަލުކުރުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ބަޔާންކޮށްފައެވެ.

މި ނިންމުމާ ގުޅިގެން، 8 އަހަރު ވެފައިވާ މި މައްސަލައިގެ އިބްތިދާއީ މަރުހަލާ އަލުން ފަށަން ޖެހޭނެއެވެ. އަދި ދިފާއީ ވަކީލުންނަށް އަލުން ފުރުސަތު ދެވޭނެ ކަމަށް ބެލެވެއެވެ.

ހާދިސާ ހިނގި ކަމަށް ބުނާ ވަގުތު، ކުނޫޒަކީ އިދިކޮޅު ފަރާތްތަކުގެ ޖަލްސާތައް ބާއްވަމުން އައި ތަނެކެވެ.

މި މައްސަލަ އަލުން ބެލުމަށް ހައިކޯޓުން އަންގާފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި މި މައްސަލައިގެ ޝަރީއަތް އަލުން ފެށިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: