މިއަދު ހެދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން ދިވެހި ފިރިހެނަކު ޒަހަމްތަކަކާއިއެކު ފެނިފައިވާ މައްސަލަ ފުލުުހުންނަށް ރިޕޯޓުކޮށްފައިވާކަން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކުރީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
ފުލުހުން ބުނެފައިވަނީ އެ މީހާ ސެނެހިޔާ ހޮސްޕިޓަލްއިން ފަރުވާ ދިނުމަށްޓަކައި ގެންގޮސްފައިވާކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ދާޏީ މިވަގުތު ހަރަކާތްތެރިވަމުންކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް އަދި އެ މީހާގެ ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.

