ޓިކްޓޮކް ފަދަ މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކެއް ސަރުކާރުން ހުއްޓުވުމަށް ރާވަމުންދާކަމުގެ އަޑުފެތުރުމާ ގުޅިގެން، ރައީސް އޮފީހުން ވަނީ މި މައްސަލައިގެ ޙަޤީޤަތް ހާމަކޮށްދެއްވާފައެވެ.
ހީނާ އިތުރަށް ވިދާޅުވެފައިވަނީ، ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ހުއްޓުވުމަށް ސަރުކާރުން ނިންމާފައިނުވާ ކަމަށާއި، އެފަދަ ފިޔަވަޅެއް އެޅުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާއެއްވެސް ކޮށްފައިނުވާ ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިމުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށްދިނުން ކަމަށް ފާހަގަކުރެއްވިއެވެ.
ފާއިތުވި ދުވަސްތަކުގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖޭގައި ޓްވިޓަރގެ އިތުރުން ޓިކްޓޮކް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ތުހުމަތުކުރައްވާފައެވެ. އަދި މިކަން ކުރުމުގެ މަޤްޞަދަކީ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ސިފަކުރެއްވިއެވެ.

