ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކުރާ ދައުވާތަކާ ގުޅިގެން ވަކީލަކު އައްޔަނު ކުރުމުގެ ފުރުސަތު އަނެއްކާވެސް ދެއްވައިފިއެވެ.
މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ލިއެކިއުންތަކާމެދު ވާހަކަ ދައްކައި، ހެކި ރައްކާތެރި ކުރުމުގެ އަމުރު ވަނީ ނެރެދެއްވާފައެވެ.
އެހެންނަމަވެސް އޭގެ ފަހުން އޭރު ހުންނެވި ވަކީލު ވަނީ މައްސަލައިން ތަނާޒުލުވެފައެވެ. އެހެންކަމުން އަނެއްކާވެސް އެހެން ވަކީލަކު މި މައްސަލައަށް ވަނީ އައްޔަނު ކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ގާޒި އިސްމާއިލް ޝަފީއު ވިދާޅުވީ، ފަހުން އައްޔަނު ކުރެއްވި ވަކީލުވެސް މިހާރު މައްސަލައިން ތަނާޒުލްވެ ކޯޓަށް ސިޓީ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ގާޒީ ވަނީ މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކުތޯ ސުވާލު ކުރައްވާފައެވެ.
ބައްސާމް ވިދާޅުވީ، އޭނާ މި މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. އެހެންވެ ގާޒީ ވަނީ އެ ފުރުސަތު ދެއްވާފައެވެ.
ގާޒީ ޝަފީއު ވިދާޅުވީ، ބައްސާމަށް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުހުލަތެއް ދެއްވާ ކަމަށާއި، އޭގެ ފަހުން ބައްސާމް އަމިއްލައަށްވެސް މި މައްސަލައިގައި މިހާރު ހުށަހެޅިފައިވާ ދައުވާތަކަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ. އަދި މި މައްސަލައިގައި ދެން އަޑުއެހުމެއް ބާއްވަވާނީ ޖެނުއަރީ މަހުގެ ފަހުކޮޅުކަންވެސް ގާޒީ ފާހަގަ ކުރެއްވިއެވެ.
މި މައްސަލައިގައި ހިޔާނަތްތެރިވުމާއި މަނީ ލޯންޑަރިންގ ގެ އައު ދައުވާތަކެއް ޕީޖީ އޮފީހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެހެންކަމުން މިހާރު އިއްވާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމާއި، ކޯޓަށް ހުށަހެޅިފައިވާ އައު ދައުވާތައް އިއްވުންވެސް ކުރިއަށްދާނީ ދެން އޮންނަ އަޑުއެހުންތަކުގައެވެ.
ގ. ފަހިވާގެ، ބައްސާމު ޢަދީލް ޖަލީލް، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަޤާމުގައި ހުރިއިރު، އެ އެސޯސިއޭޝަނަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް ޚިޔާންތްތެރިވެ، އެފް.އޭއެމްއަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާއި ގުޅުން އޮންނަ ފަރާތްތަކާއި، ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށް ނަހަމަގޮތުގައި ބޭނުންކޮށް މަނީލޯންޑްރިންގގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.
ޕީޖީން ކުރި އައު ދައުވަތުގެ ތެރޭގައި:
- ޤާނޫނުލްޢުޤޫބާތުގެ ގެ 215 ވަނަ މާއްދާގެ ދަށުން، ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާ
ދަޢުވާކުރާ ސަބަބު: ބައްސާމު ޢަދީލް ޖަލީލު، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އިން އެޕާޓްމަންޓެއް ގަތުމަށް ފައިސާ ޖަމާކުރުމަށްޓަކައި، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ USD 1,200,000 (އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު) އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ކަނޑައަޅާ އަދަބު: 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން.
-
މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ ދަށުން، މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާ.
ދަޢުވާކުރާ ސަބަބު: ބައްސާމު ޢަދީލް ޖަލީލް، އަމީން އެވެނިއުގެ ބްލޮކް A ގެ 12 އަދި 13 ވަނަ ފަންގިފިލާގެ 8 ކޮޓަރިއާއި 10 ފާހަނައިގެ ނަންބަރު A1205 އާއި A1206 އެޕަރޓްމަންޓް ގަތުމަށް އެއްބަސްވުމެއްގައި ސޮއިކޮށް، އެ އެއްބަސްވުމުގެ ދަށުން، އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ޖީ.އެސް.ޓީ ހިމެނޭ ގޮތަށް ދައްކަންޖެހޭ ޖުމްލަ -/25,000,000 (ފަންސަވީސް މިލިއަން ރުފިޔާ) ގެ ތެރެއިން ބުކިންގ ފީ އާއި ކޮމިޓްމަންޓް ފީ ހިމެނޭ ގޮތަށް އެތަނުގެ އަގަށްވާ ފައިސާގެ ގޮތުގައި އެފް.އޭ.އެމް.ގެ ޑޮލަރު އެކައުންޓުން އެކި އެކި ކުންފުނިތަކަށް ފައިސާ ފޮނުވައި، އެ ފައިސާ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑއަށް ދައްކާފައިވާތީ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
ކަނޑައަޅާ އަދަބު: 100,000 ރުފިޔާއާއި 1,000,000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމާއެކު 5 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން.
މި ދަޢުވާތަކާ ގުޅިގެން މުދަލާއި ފައިސާ ދައުލަތަށް ނަގައިދިނުމަށް ކޯޓުގައި އެދިފައިވާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ. އޭގެތެރޭގައި:
-
މި ޚިޔާނާތުގެ ސަބަބުން އެފް.އޭ.އެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަUSD1,200,000 އެއް މިލިއަން ދެލައްކަ އެމެރިކާ ޑޮލަރު ބައްސާމު ޢަދީލް ޖަލީލްގެ އަތުން ނަގައިދިނުމަށް އެދި.
-
ލޯންޑާ ކޮށްފައިވާ މި ފައިސާ ބޭނުންކޮށްގެން ބައްސާމު ޢަދީލް ޖަލީލް ހޯދައި ލިބިގަނެ ބޭނުންކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ އަމީން އެވެނިއު އެޕަރޓްމަންޓްA1205 އަދި A1206 ދައުލަތަށް ނަގައިދިނުމަށް.
މި މައްސަލާގައި ކުރިން ތަޙުޤީޤުކުރެވިފައިވާ ބައިގައި ބައްސާމު ޢަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތްތެރިވުމާއި މަނީ ލޯންޑްރިންގގެ ކުށުގެ ދަޢުވާކުރުމަށް 21 ޖަނަވަރީ 2024 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.
މި ޢަމަލުތަކުގައި ބައިވެރިވީ އެފް.އޭ.އެމްގެ މުވައްޒަފުންގެ މައްޗަށް ދަޢުވާކުކުރުމަށްޓަކައި މިހާރު ދަނީ ތައްޔާރު ވަމުން ކަމަށް ޕީޖީން ބުނެފައިވެއެވެ. މި މައްސަލައަކީ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙުޤީޤުކުރަމުންދާ މައްސަލައެއް ކަމަށާއި ތަޙުޤީޤަށް ކުރިއެރުން ލިބޭ ވަރަކުން، ހެކި ޤަރީނާ ވަޒަންކޮށް، މައްސަލާގައި އިތުރު ދަޢުވާތައް ކޯޓަށް ހުށަހަޅަމުން ގެންދާނެ ކަމަށް ޕީޖީން ވަނީ ބުނެފައެވެ.