ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ފްރޯޑް ސުޕަވައިޒް ކުރެއްވީ ހޯމް މިނިސްޓަރު: މީކާއީލް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހިންގި އެންމެ ބޮޑު އައިޑެންޓިޓީ ފްރޯޑް ސުޕަވައިޒް ކުރެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މީކާއީލް ވިދާޅުވީ އައިޑެންޓިޓީއިން އެންމެ ބޮޑު ވައްކަމެއް ކޮށްފައިވަނީ މި ސަރުކާރުގައިކަމަށެވެ. އަދި އެ ވައްކަން ސުޕަވައިޒް ކުރެއްވުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މަންޒަރު ބައްލަވަން ހުންނެވިކަމަށްވެސް ވިދާޅުވިއެވެ.

މީކާއީލް އިޝާރާތް ކުރެއްވީ ސައްހަ ނޫން ފޯމުތަކެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅާފައިވާ މައްސަލައަށެވެ.

މީކާއީލް ވަނީ އިހުސާން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގައި ފޯމުތަކުގެ މަސައްކަތް ބައްލަވަން އިންކަމަށް ބުނެ، ދައުރުކުރަމުންދާ ފޮޓޯވެސް ހިއްސާކުރައްވާފައެވެ. ނިޒާމީ ނުކުތާއެއް ނަންގަވާ މިއީ އެޑިޓް ކޮށްފައިވާ ފޮޓޯއެއްކަމަށް ޕީއެންސީގެ ޕީޖީ ލީޑާރު އިބްރާހީމް ފަލާހު ވިދާޅުވުމުން ރައްދު ދެއްވާ މީކާއީލް ވިދާޅުވީ، ނަމަވެސް އެތަނަށް ވަޑައިގެންނެވިކަމަށް އިހުސާން މީޑިއާއެއްގައި ވިދާޅުވެފައިވާކަމަށެވެ.

މި ފޮޓޯއާއި ގުޅިގެން ހޯމް މިނިސްޓަރު އެބަ އޮތް ނޫހަކަށް އިންޓަވިއުއެއް ދެއްވާފަ، އެމަނިކުފާނު ވަޑައިގެންނެވީ ޕިއްޒާއެއް ކެއުމަށްކަމަށް. އެހެން ނަމަވެސް ޕީއެންސީގެ ޕީޖީ ލީޑަރު މިއަދު އެ ވިދާޅުވަނީ މިއީ ހަދާފައި އޮތް ފޮޓޯއެކޭ، އެހެންވީމަ ސުވާލަކީ ހޯމް މިނިސްޓަރުތޯ ދޮގު ހައްދަވަނީ ޕީއެންސީގެ ޕީޖީ ލީޑަރުތޯ ދޮގު ހައްދަވަނީ.

މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވަނީ ދޮގު ހައްދަވަނީ އިހުސާންތޯ ނުވަތަ ފަލާހުތޯ ސުވާލު އުފައްދަވާފައެވެ.

ރަސްމީ ގަޑީގައި ނަމަަވެސް، ނުވަތަ ނުރަސްމީ ގަޑީގައި ނަމަވެސް ޕީއެންސީގެ މެންބަރޝިޕް ފޯމްތައް ޑީއެންއާރުގެ ތެރޭގައި ހުރި ސަބަބާއިމެދު މީކާއީލް ސުވާލު އުފެއްދެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 83%ވަރަށް ގަޔާވޭ 17%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: