ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ މެމްބަރުކަމަށް ރައީސް ފޮނުއްވެވި ދެ ނަން މަޖިލީހުންވެސް ފާސްކޮށްފި

އިލެކްޝަންސް ކޮމިޝަންގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ދެ މެމްބަރަކު އައްޔަނު ކުރުމަށް މަޖިލީހުން ރުހުންދީފިއެވެ.

މަޖިލީހުން އެގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައެވެ. އެގޮތުން އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފާސްކޮށްފައިވަނީ އަބްދުއްރަޙްމާން ސަލާޙު ރަޝީދު އަދި މުހައްމަދު ޒާހިދުއެވެ.

އެއީ އީސީގެ މެންބަރުކަމަށް ހޮވުމަށް ރައީސަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަމާއި މައުލޫމާތު މަޖިލީހާ ހިއްސާ ކުރެއްވުމުން މަޖިލީހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހުއެވެ.

އެ ދެބޭފުޅުން އީސީގެ މެމްބަރުކަމަށް އައްޔަނު ކުރުމަށް ފެންނަކަމަށް 68 މެމްބަރަކު ވަނީ ވޯޓު ދެއްވާފައެވެ.

އީސީގެ ދެ މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަންގެ ނައިބުރައީސްގެ މަގާމުގައި ހުންނެވި އަލީ ނަޝާތު އާއި މެންބަރު މުހައްމަދު އާސިފް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: