ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތައް ބަދަލެއް ނުވާކަމަށް ފޮރީން މިނިސްޓަރ ޑރ އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ އ.ދ. ގައި ރާއްޖެއިން ވޯޓު ދެމުންދާގޮތް ބައްލަވާލެއްވުމުން އެކަން ސާފުވާނެކަމަށެވެ
ކުދި ޤައުމުތަކުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤްލާލަށް ބުރޫއަރާ ފަދަ ހާލަތްތަކުގައި ރާއްޖެއިން އަބަދުވެސް ނަގަނީ ޕްރިންސިޕަލް ސްޓޭންޑެއްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ބިނާވެގެން ވަނީ އެއްވެސް ޤައުމަކާ ހަތުރުވެރި ނުވެ ދިވެހި ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭ ގޮތަށް އަދި ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ބުރޫ ނާރާގޮތަށް ހުރިހާ ޤައުމަކާއެކީވެސް ގާތް ގުޅުން ބޭއްވުމުގު މައްޗަށްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްތަރު މިފަދައިން ވިދާޅުވީއިރު، ރާއްޖެއިން ރަޝިއާ ޔޫކްރައިން ހަނގުރާމާގައި ޔޫކްރައިންގެ ފަޅިއަށް އަރާފައިވާކަމަށް ބުނެ ބައެއް މީޑިއާ ރިޕޯޓުތައް ކޮށްފައިވެއެވެ.

