ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުއްވި ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި ކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވާރމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސް އިއުލާން ކުރެއްވި ސިޔާސަތުގެ ދަށުން ޕޮރޮޕޯސަލް ހުށައެޅި ކައުންސިލްތަކަށް ފަޅުރަށްތައް ހަވާލު ކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ތިން ކައުންސިލަކަށް ފަޅުރަށްތައް ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އެ ކައުންސިލްތަކަކީ:
- ރ.އިނގުރައިދޫ ކައުންސިލަށް، ރ. ނެޔޮ
- ދ. އަތޮޅު ކައުންސިލަށް، ދ. މިނިމަސްގަލި އާއި ފެންފުށި
- ލ.މާވަށް ކައުންސިލަށް ލ.ބޮޑުމާބުޅަލި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގް ދި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވާރމަންޓް އެންޑް ޕަބްލިކް ވާރކްސް އާއި ގުޅިގެން ފަޅުރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމާށް އާދަމް ޝަރީފް ވިދާޅުވިއެވެ.

