ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫއިން ދޯހާ މެރެތަންގައި ދުވުމަށް ހުޅުވާލި ފުރުސަތު ލިބުނު 2 ކަސްޓަމަރުން ފުރައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ފުރުސަތު ލިބުނު 2 ކަސްޓަމަރުން މެރަތަންއަށް ދިޔުމަށްޓަކައި މިއަދު ދޯހާއަށް ފުރައިފިއެވެ.

17 ވަނަ ދުވަހު ދޯހާގައި ކުރިއަށްދާ ދޯހާ މެރެތަން އަށް ފުރީ ކަސްޓަމަރުންގެ ލަކީ ޑްރޯއިން ހޮވުނު މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. އަދި އުރީދޫ ސްޓާފުންގެ މެދުގައި ނެގުނު ލަކީޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް ހޯދައިފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ކަންކޮޅުތަކުން 15000 އަށް ވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ.

ވާލްޑް އެތުލެޓިކްސް ގޯލްޑް ލޭބަލް އާއެކު ދޯހާ މެރެތަންގައި ދުވެގެން އެހެން މަގުބޫލު މެރެތަންތަކަށް ދިޔުމަށް ކޮލިފައި ވާނެއެވެ.

އުރީދޫ މޯލްޑިވްސްގެ ފަރާތުން ދޯހާ މެރެތަންގައި ބައިވެރިވާ ކަސްޓަމަރުންނާއި ސްޓާފުންނަށް ކާމިޔާބީއަށް އެދެމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: