އެޑިޔުކޭޝަން މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިއަދު މެންދުރު ހިނގި މި ހާދިސާގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދެމުން އަންނަ މުދައްރިސަކު، އޭނާގެ ދަރިވަރަކަށް އަނިޔާކޮށްފައިވެއެވެ. މި މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ ސްކޫލުންކަމަށްވެސް މިނިސްޓްރީން ހާމަކުރެއްވިއެވެ.
އިތުރަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓްރީން ވިދާޅުވީ، ޕްރައިމަރީ ގްރޭޑްތަކަށް ކިޔަވައިދެމުން އައި އެ މުދައްރިސު ވަނީ ސްކޫލުން ސަސްޕެންޑް ކުރެވި، މައްސަލަ ފުލުހުންނަށް ހުށަހަޅާފައިކަމަށެވެ.
މި ހާދިސާއާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދަރިވަރުންނަށް އަނިޔާކުރުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މި މައްސަލައާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެ ކަމަށެވެ.
ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުދިން ސްކޫލަށް ފޮނުވާ މުދައްރިސުންގެ ޒިންމާއެއް ކަމަށްވާއިރު، މިފަދަ ހާދިސާތަކަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަމެއް ނޫނެވެ.

