ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ހުރަސްތަކެއް ހުރިކަމަށް އިސްރާއީލުން ބުނެފި!

އިސްރާއީލުގެ ބޮޑުވަޒީރު ބެނެޖަމިން ނެތަންޔާހޫ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހުވަގުތު ހަމާސް ޖަމާއަތާއި ދެމެދު އުފެދިފައިވާ މައްސަލައެއްގެ ސަބަބުން ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ހުރަސްއެޅިފައިވާކަމަށް އިސްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފިއެވެ.

ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ޣައްޒާގައި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ގިނަ ބަޔަކު ދިގު މުއްދަތެއްވަންދެން އިންތިޒާރުކުރަމުން އައިސްފައިވާ ސުލްހައިގެ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށް ހުރަސްތަކެއް އެޅިފައިވާކަން އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ ހާމަކޮށްފައިވާކަމަށެވެ. އުފެދިފައިވަނީ ކޮން މައްސަލައެއްކަން ސާފުނުވާއިރު، މި އެއްބަސްވުމަށް އަމަލުކުރަން ފެށުމުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލައި ދެފަރާތުންވެސް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް ކަނޑައެޅިފައިވެއެވެ. ނަމަވެސް އިސްރާއީލުންވަނީ މިކަން އިއުލާނުކުރެވިގެންދިއުމަށްފަހުވެސް ވައިގެ ހަމަލާތަކެއް ދީ، ޣައްޒާގައި އެންމެ މަދުވެގެން 72 މީހަކު ޝަހީދުކޮށްލާފައެވެ.

ރިޕޯޓުތަކުގައިވާގޮތުން އެއްބަސްވުމަށް އަމަލުކުރުމަށް ހުރަސްތަކެއް ހުރިކަން ނެތަންޔާހޫ އާންމުކޮށްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އިތުރުން މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ގަތަރުގެ ސަރުކާރުން އެއްބަސްވުން ގާއިމުކުރެވިފައިވާކަން އިއުލާނުކުރިތާ މަދު ވަގުތުތަކެއް ފަހުގައިކަމަށެވެ. ޣައްޒާގައި ތިބި ރައްޔިތުންގެ އިތުރުން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންވަނީ މިކަމަށް މަރުހަބާ ކިޔައި އެކި ޕްލެޓްފޯމްތަކުގައި މެސެޖުތައް އާންމުކޮށްފައެވެ. ނަމަވެސް ނެތަންޔާހޫވަނީ އެންމެ ފަހު މަރުހަލާ ފުރިހަމަކުރެވިފައިނުވާކަމަށް ބުނެފައިކަމަށް ނޫސްތަކުން ފާހަގަކުރެއެވެ.

އޭނާ މި ވާހަކަތައް ދައްކާފައިވަނީ ރޫޅުމާއި ގާތްވެފައިވާ އިސްރާއީލުގެ ސަރުކާރު އެކުގައި ހިފެހެއްޓުމުގެ ގޮތުންކަން ނުވަތަ ހަގީގަތުގައިވެސް މައްސަލަތަކެއް ދިމާވެފައިވަނީތޯ ސާފުނުވާކަމަށް ނޫސްތަކުން ބުނާއިރު ނެތަންޔާހޫގެ އޮފީހުންވަނީ ހަމާސްއިން އަމާން ދިނުމުގެ ކުރިން އެ ގައުމުގެ ވަޒީރުންގެ މަޖިލީހުން އެއްބަސްވުމަށް ރުހުން ލިބިގެން ނުދާނެކަމަށް ބުނެފައެވެ. އަދި އެ ޖަމާއަތުން މީގެ ކުރިން ގާއިމުކުރަން މަސައްކަތްކުރި އެއްބަސްވުންތަކުގެ ބައެއް މާއްދާތަކާއި ހިލާފުވެފައިވާކަމަށް ތުހުމަތުކޮށްފައިވާއިރު ފަލަސްތީނުގެ އިތުރު ސަރަހައްދުތަކެއްގެ މައްޗަށް ބާރުވެރިވެގަތުމަށް މަސައްކަތްކުރާނެކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

ހަމާސްގެ އިސް އޮފިޝަލުން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން އެ ޖަމާތުން ތިބީ، ހަނގުރާމަ ހުއްޓާލުމަށް ގާއިމުކުރެވިފައިވާ އެއްބަސްވުމަށް އަމަލުކުރަން ތައްޔާރަށެވެ. އެމެރިކާ އަދި ގަތަރުގެ ބެލުމުގެ ދަށުން އެކުލަވާލެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމާއިއެކު ޣައްޒާގައި ހައްޔަރުކޮށްފައިތިބި އިސްރާއީލުގެ ރައްޔިތުން އަދި އިސްރާއީލުން ހައްޔަރުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ދޫކޮށްލުމަށް ކަނޑައެޅިފައިވެއެވެ. އަދި މިކަމުގެ ސަބަބުން 15 މަހަށް ދިގުދެމިގެން ގޮސްފައިވާ ހަނގުރާމަވެސް ހުއްޓިގެންދާނެކަމަށް ރިޕޯޓުތަކުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: