ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެންކޮކަށް ދިއުމަށް ކަނޑައެޅި ޝަރުތުތަކުގެ ސަބަބުން އެކަކަށްވެސް އެ ހިދުމަތެއް ނުލިބޭ: ޝާހިދު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބެންކޮކާއި ޑުބާއީއިން ސިއްހީ ހިދުމަތް ހޯދުމަށް ކަނޑައެޅިފައިވާ ޝަރުތުތަކުގެ ސަބަބުން އެއްވެސް މީހަކަށް އެ ހިދުމަތް ލިބޭނެ ގޮތް ނުވާކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ކުރިއަށް ގެންދާ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޝާހިދު ވިދާޅުވީ އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ ސަރުކާރުގެ ސަމާލުކަމަށް ރައްޔިތުންގެ ކަންބޮޑުވުންތައް ގެނައުމަށް ކަމަށާއި، ޖެނުއަރީ 31 ވަނަ ދުވަހު އާޓިފިޝަލް ބީޗް ސަރަޙައްދުގައި ބޭއްވާ ހަރަކާތުގައި ބައިވެރިވުމަށް އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވާ ކަމުގައެވެ. މި ހަރަކާތުގެ މަޤްޞަދަކީ ރާއްޖޭގެ ރައްޔިތުން ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ސަރުކާރާ ހިއްސާކުރުން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޝާހިދު ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރިއަށް ގެންދާނީ އަމާޒު ހާސިލުވަންދެން ކަމަށާއި، ސަރުކާރު ޖަވާބުދާރީކުރުވުމުގެ މަސައްކަތް ފެށިގެންދާނީ ޕެޓްރަލް ޕާކު ސަރަޙައްދުގައި ބޭއްވި ޖަލްސާއިން ކަމަށެވެ. އަދި މި މަސައްކަތް ނިމުމަކަށް އަންނާނީ ސަރުކާރު ބަލިކޮށްލުމަށްފަހު ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި ކަންމަތީ ބައްދަލުވުންތަކާއި އެހެނިހެން ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި، މިފަދަ ހަރަކާތްތަކުގެ މަޤްޞަދަކީ ރައްޔިތުންނަށް ހިތްވަރުދީ، މާޔޫސްކަމުން ދުރުކުރުން ކަމުގައި ޝާހިދު ވިދާޅުވިއެވެ. އެމްޑީޕީއަކީ އުންމީދު ގެނެސްދޭ ޕާޓީއެއްގެ ގޮތުގައި ސިފަކުރައްވަމުން، މިހާރު މާލޭގައި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތައް ފެށިފައިވާކަން ފާހަގަކުރެއްވިއެވެ.

ބެންކޮކާއި ދުބާއިން އާސަންދައިގެ ދަށުން ސިއްޙީ ޚިދުމަތް ހޯދުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ޝާހިދު ވިދާޅުވީ މި ޚިދުމަތް ލިބިގަތުމަށް ކަނޑައެޅިފައިވާ ޝަރުޠުތަކަކީ ފުރިހަމަކުރުމަށް ދަތި ޝަރުޠުތަކެއް ކަމަށާއި، މި ޝަރުޠުތަކުގެ ސަބަބުން އެއްވެސް ފަރާތަކަށް މި ޚިދުމަތް ލިބިގަތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގެ މަޢުލޫމާތު ރައްޔިތުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކުރީގައި އަވައްޓެރި ޤައުމުތަކުން ފަސޭހައިން އާސަންދައިގެ ޚިދުމަތް ލިބެމުންދިޔައިރު، މިހާރު އެ ޤައުމުތަކުން ޚިދުމަތް ހުއްޓުވާލުމަށްފަހު، ރައްޔިތުން ސަލާންޖަހާ ހިސާބަށް ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތުގެމަތިން ބެންކޮކާއި ދުބާއިން ސިއްޙީ ޚިދުމަތް ލިބިގަތުމަށްޓަކައި ގަވާއިދުތައް އެކުލަވާލެވިފައިވީ ނަމަވެސް، މި ގަވާއިދުތަކުގެ ސަބަބުން އެއްވެސް ފަރުދަކަށް މި ޚިދުމަތް ލިބިގަނެވޭނެ ގޮތެއް ނެތްކަން ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: