ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލައިޒޭޝަންގެ ތެރެއިން އެންމެ އިސްކަމެއް ދޭންޖެހެނީ ސިއްހީ އަދި ތައުލީމީ ދާއިރާއަށް: ރައީސް

އެސްޓޯނިއާގެ ޑިޖީޓަލް އެޑްވައިސަރީ ކައުންސުލުގެ ރައުންޑުޓޭބަލްގައި ރައީސުލްޖުމްހޫރިއްޔާ ބާވެރިވެވަޑައިގަތުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގެ ތެރެއިން އެންމެ އިސްކަމެއް ދޭން ޖެހޭ ދެ ދާއިރާއަކީ ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެސްޓޯނިއާގެ ދަތުރުފުޅު ނިންމަވާލެއްވުމާއިއެކު ރައީސް ޑރ މުއިއްޒުވަނީ އެ ގައުމާއިއެކު ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްސީލުތައް މީޑިއާތަކަށް ހިއްސާކުރައްވާފައެވެ. ރައީސް ވިދާޅުވީ، އެސްޓޯނިއާ އާއިއެކު ތިން ދާއިރާއެއްގައި އެމްއޯޔޫތަކެއްގައި ސޮއިކުރެވިފައިވާކަމަށާއި އޭގެ ތެރޭގައި ޑިޖިޓަލައިޒޭޝަންގެ އިތުރުން ތިމާވެއްށީގެ ދާއިރާ ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ، ރާއްޖެއަކީ މޫސުމީ ގޮތުން އަންނަމުންދާ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުރާ ގައުމެއްކަމަށާއި ޖުމުލަ ގޮތެއްގައި މި ދަތުރުފުޅަކީ ވަރަށް ރަނގަޅު ނަތީޖާތަކެއް ހާސިލުކުރެވުނު ދަތުރުފުޅެއްކަމަށެވެ.

ރައީސް ވިދާޅުވީ، ބައްދަލުކުރެއްވި އެސްޓޯނިއާގެ މިނިސްޓަރުންގެ ތެރޭގައި ތައުލީމީ ދާއިރާގެ މިނިސްޓަރާއި ސިއްހީ ދާއިރާގެ މިނިސްޓަރު ހިމެނޭކަމަށެވެ. އަދި އެ ދެ ދާއިރާ މި ސަރުކާރަށް މުހިންމުވެގެން އަންނަ ސަބަބަކީ ޑިޖިޓަލައިޒޭޝަން މަސައްކަތްތަކުގައި އެންމެ އިސްކަމެއް ދޭންޖެހޭ ދެ ދާއިރާއަށްވުންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެސްޓޯނިއާގައި އެ މަސައްކަތްތައް ކުރެވިފައިވަނީ ވަރަށް ފުރިހަމައަށްކަމަށާއި އެކަމުގައި ރާއްޖެއަށްވެސް ކާމިޔާބީ ހާސިލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގައިވެސް އެންމެ ރަނގަޅަށް ބަލިތަކުން ދިފާއުވުމަށްޓަކައި ޕްރިވެންޓެޓިވް ހެލްތު ކެއަރގެ ދާއިރާއިން ޑިޖިޓަލައިޒޭޝަން މެދުވެރިކޮށް އެ ގައުމުން ހާސިލުކޮށްފައިހުރިކަމަށެވެ. ރައީސް ވިދާޅުވީ، ޖީނޯމް ސެންޓަރުގެ އިތުރުން ޑޭޓާބޭސް ސެންޓަރަށްވެސް ޒިޔާރަތްކުރެއްވިކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެތަންތަނުގައި ކުރަމުންދާ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރެވެމުންދާ ގޮތް ބައްލަވާލެއްވިކަމަށާއި އެ ނޫން އެހެނިހެން ތަންތަނަށްވެސް ވަޑައިގެންނެވިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: